އޭޝިއާ ދުނިޔެ

ކުރިން ފެނިފައި ނުވާ އިތުރު 7000 ރަށް ޖަޕާނުގައި އޮތްކަން އެނގިއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޖަޕާނުން ކުރިން ފެނިފައިނުވާ 7000 އަށް ވުރެ ގިނަ އައު ރަށް ފެނިފައިވާ ކަމަށް އެ ޤައުމުގެ ޖިއޯސްޕެޓިއަލް އިންފޮމޭޝަން އޮތޯރިޓީ އިން ބުނެފިއެވެ.

Ads by WAMCO

ޖަޕާނުގެ ޖިއޯސްޕެޓިއަލް އިންފޮމޭޝަން އޮތޯރިޓީ (ޖީއެސްއައި) ގެ ޑިޖިޓަލް މެޕިންއިން ދާދި ފަހުން ވަނީ ޖަޕާނުގެ ސަރަހައްދުގައި 14،125 ރަށެއް އޮތް ކަން ފާހަގަކޮށްފައެވެ. އަދި މިއީ އެ ގައުމުގައި ކުރިން ހީކުރި ވަރަށް ވުރެ 7،000 އިތުރު އަދަދެއް ކަމަށް އެ އޮތޯރިޓިއިން ވަނީ ބުނެފައެވެ. މިއީ ޖަޕާނުގެ ކޯސްޓްގާޑުން 1987 ވަނަ އަހަރު ނެރުނު ރިޕޯޓަށް ފަހު ރަސްމީ ކޮށް ބޭނުންކުރަމުން އައި 6،852 އަށް ވުރެ ދެ ގުނަ އިތުރު އަދަދެއްކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޖީއެސްއައި އިން ވަނީ، ޓެކްނޮލޮޖީގެ ސަރވޭއަށް އައިސްފައިވާ ކުރިއެރުންތަކާއި، އެ ހިސާބުތައް ގުނުމަށް ބޭނުންކުރާ މެޕްތަކުގެ ތަފްޞީލީ ރިޕޯޓެއް ހާމަކޮށްފައެވެ.

މި ރިޕޯޓުގައި ވާގޮތުން މި ރަށްތަކާއެކުވެސް ޖަޕާނުގެ ބިމުގެ ޖުމްލަ ސަރަޙައްދަށް ބަދަލެއް ނާދެއެވެ.

އަދި ރަށްތައް ގުނާނެ ގޮތަކާ މެދު ބައިނަލްއަޤްވާމީ އެއްބަސްވުމެއް ނެތް ނަމަވެސް މީގެ 35 އަހަރު ކުރިން ކުރި ސާވޭއާ އެއް ސައިޒުގެ މިންގަނޑެއް މިފަހަރުވެސް ރަށްތައް ގުނުމުގައި ބޭނުންކޮށްފައިވާ ކަމަށް އެރިޕޯޓްގައި ބުނެފައިވެއެވެ. އެގޮތުން ރަށެއްގެ ގޮތުގައި ގުނަނީގުދުރަތީ ގޮތުން އުފެދޭ ހުރިހާ އެއްގަމު ސަރަޙައްދެއް މަދުވެގެން 100 މީޓަރު (330 ފޫޓު) ގެ ވަށައިގެން ގުނުމެވެ. އާ އަދަދުގައި އާޓިފިޝަލްކޮށް ހިއްކާފައިވާ އެއްވެސް ބިމެއް ހިމަނާފައެއް ނުވެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!