ޚަބަރު ސިޔާސީ

މެމްބަރު ރާއި ހިމެނޭހެން އެމްޑީޕީއަށް ނިސްބަތްވާ 10 މެންބަރުންގެ ދާއިރާވަނީ ގުރުބާންކޮއްފައި: ތޯރިގް

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ވެރިކަމަށް އައުމަށް ޕާޓީތަކާއިއެކު ކޯލިޝަން ހެދުމަށްޓަކައި މިހާތަނަށް އެމްޑީޕީއަށް ނިސްބަތްވާ 10 ދާއިރާއެއް ގުރުބާން ކޮށްފައިވަކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު، ޓޮމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ތޯރިގް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަކުދޫ ދާއިރާގެ މަޖިލިސް ގޮޑި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މިހާރުގެ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ދޭން ނިންމާފައިވާކަމަށް ދެކެވޭ ވާހަތަކަށް އެދާއިރާގެ ގޮޑި މިހާރު ތަމްސީލް ކުރައްވަމުންދާ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ ރައްދުު ދެއްވުމާއި ގުޅިގެންނެވެ.

މެމްބަރު ރާއީ ވިދާޅުވީ މަޖިލިސް ގޮނޑި ތަކަކީ އެދާއިރާއެއްގެ ރައްޔިތުންގެ ނިންމުމަކަށް ބިނާވާ ކަމެއް ކަމަށެވެ. އަދި ތާރީޙް އެކަމަށް ހެކިދޭނެ ކަމަށާއި އެކަމަކީ މީހަކު ނުވަތަ ޕާޓީ އެއް ބުނާ ބުނުމަކަށް ނިމޭކަން ކަމެއް ނޫން ކަމަށް ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ މިފަދަ ވާހަކަ ދައްކަނީ ޝައްކާއި ވަހުމް އުފެއްދުމުގެ މަގުސަދުގައިި ކަމަށެވެ. މިކަމާއި ގުޅިގެން ތޯރިގް ވިދާޅުވީ މެމްބަރު ރާއި ހިމެނޭހެން އެމްޑީޕީއަށް ނިސްބަތްވާ 10 މެންބަރުންގެ ދާއިރާ ގުރުބާންކޮއްފައިވާ ކަމަށެވެ.

Ads by HDC
  1. ޔަގީނޭ

    ޓޫރިޒަމަށް ލޯން ދޫކުރުން ރަނގަޅު ކަމެކޭ އެކަމަކު ރާއްޖެ އެބަޖެހޭ ޓޫރިޒަމަށް ވެފައި އޮތް ބަރޯސާ ވުން ދޫކޮށްލާ އިންޑަސްޓްރިއަލް މަސައްކަތް ތަކާއި ދިމާލަށް އެނބުރެން އެގޮތުން ބަލާއިރު މާލެ ސަރަހައްދުން ބޮޑު ފަޅެއް ހިއްކާ އެތަނާއި މާލެ އާއި ދެމެދު ބްރިޖް އަޅާ އެބަޖެހޭ އެފަދަ ތަނަކުން މާލޭގައި މަސައްކަތް ކުރާ ކޮންމެ ކުންފުންނަކަށް 1 ހެކްޓަރުގެ ބިމެއް ދޭން އެފަދަ ފަޅެއް ފުރުމުން ދެން ޖެހިގެން އޮތް ފަޅު ހިއްކާނީއޭ މާލެ ސަރަހައްދުގައި އެކަނި ކުރެވޭނީ އިންޑަސްޓްރިއަލް މަސައްކަތް ތައް ރާއްޖެތެރެއަކު އެކަން ކާމިޔާބު ނުވާނެ ކަން އެއީ ޔަގީން ކަމެކޭ…

  2. ދިސްވޭ

    ސަރުކާރާއި އަދި ވެސް އެހެނިހެން މުވައްޒަފުންގެ މުސާރަ ބޮޑުކުރިއޭ ބުނަނީ އެއީ ސަރުކާރުންނޭ ނިކުމެ ތިން ވަނަ ފަރާތަކުން އެވާހަކަ ނުދައްކައޭ މިސަރުކާރުން މުސާރަ ބޮޑު ކުރިނަމަ އެކުރި ބޮޑު ކުރުން އެވާނީ ނުުކުރުމާއި އެއްފަދަ ކަމެކޭ ސަބަބަކީ ކާބޯތަކެތިން ޓެކްސް ނުނަގާނަމޭ ބުނެ އޮޅުވާލާ މަކަރާއި ހީލަތުގެ ދަށުން ޓެކްސް ބޮޑު ކޮށްގެން ރައްޔިތުން ފެލައިގެން ރައްޔިތުން އަތުން ޓެކްސް ނެގުމުގެ ނަތީޖާ އަކީ ފުރަތަމަ ވެސް ކާބޯތަކެތީގެ އަގު %15 އަށް އެރުން ބޮޑޭ ސަރުކާރުން ބުނާ %7 އެއީ ރޯ ބުހުތާނު ދޮގެކޭ އެއީ ބޮޑު ދޮގެކޭ ސަރުކާރުން ހަދަނީ ދޮގޭ ރައީސް އިބޫ އަކީ ރަތްލާ ޖެހި ދޮގު ހަދާ ބަތާހަރާމީ ހަރާމްކޯރެކޭ…

  3. ބަލާތި

    ޝާހިދު އެކަނިއޭ ރައީސް އިބޫ ދެވަނަ ދައުރަކަށް ހޮވޭނެއޭ ބުނަނީ ޝާހިދަކީ އެއީ ހިސާބު އިލްމް ވެރިއެއް ނޫން ކަމަށްވާއިރު ހިސާބު ހަދައިގެން ކަންކަން ދިރާސާ ކުރާ ކަމެއް އެއީ އިންތިޚާބު ތަކުގެ ނަތީޖާ އަންދާޒާ ކުރުމަކީ އެއީ ސިޔާސަތު ތަކަށް އެކަނި ބިނާވާ އެއްޗެއް ނޫނޭ މިސަރުކާރުގެ އޮތީ ކޮން ސިޔާސަތެއްތޭ އަމީނީ މަގު ތާރު އަންނަނީ އަންނަނީ އަންނަނީ މުޅި މާލޭގެ މަގުތަކުގައި ހުސްހޮޅިއޭ ހޮޅި މުއިއްޒު ކިޔާ މަލާމާތް ކުރި މީހުން ވެރިކަމަށް ފާވެ ހޮޅީގައި ބައްދާ ނަގަނީއޭ ތިމާވެށި މިނިސްޓަރު ލަދުހަޔާތުގެ ކަންފުޅެއް ނެތީމާ ދޯ އޭނާ މާލޭގެ މަގުމަތީގައި ދުއްވާފައި ދާނީ ވެސް…