ސިއްޙަތު

ކޮރޯނާ ވައިރަސްގެ ނުރައްކާ އާންމު ރޯގާތަކަށްވުރެ 12 ގުނަ ބޮޑު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަން އާންމު އަރިދަފުސް ރޯގާތަކާއި ހުންތަކަށް ވުރެ 12 އިންސައްތަ ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by MWSC

އެގޮތުން މި ދިރާސާގައި ބުނެފައިވާ ގޮތުގައި ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ 1.23 އިންސައްތަ މީހުން މި ބަލީގައި މަރުވެއެވެ.

ކޮރޯނާ ވައިރަހުގެ އިނގިރޭސިވިލާތުގެ ތަފާސް ހިސާބުތަކަށް ބަލައިގެން ހެދި މި ދިރާސާގައި ބުނެފައިވާ ގޮތުގައި އިނގިރޭސިވިލާތުގައި އެކަނިވެސް 3.4 މިލިއަނަށްވުރެ ގިނަ މީހުނަށް ކޮވިޑް19 ގެ އަސަރު ކޮށްފައިވާ ކަމަށް ބެލެވެއެވެ. މިއީ އިނގިރޭސިވިލާތުގެ ރަސްމީ އިދާރާތަކުން ހާމަކޮށްފައިވާ އަދަދަށްވުރެ 10 ގުނަ އަދަދެކެވެ.

އިމްޕީރިއަލް ކޮލެޖް އޮފް ލަންޑަން އިން ކުރި މި ދިރާސާގައި 100،000 މީހުންގެ އެންޓިބޮޑީ ޓެސްޓު ވަނީ ހަދާފައެވެ. އެންޓިބޮޑީ ޓެސްޓަކީ ކުރިން ކޮވިޑް19 ޖެހިފައި ހުރި ނަމަ އެކަން އަންގައިދޭ ޓެސްޓެކެވެ.

އެގޮތުން މި ދިރާސާގެ ނަތީޖާ އިން ހާމަވާ ގޮތުގައި ޖުލައި މަހުގެ 13 ވަނަ ދުވަހާ ހަމައަށް އިިނގިރޭސިވިލާތުގެ އާބާދީގެ 6 އިންސައްތަ މީހުނަށް ވަނީ ވައިރަސް ޖެހިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!