ޚަބަރު ސިޔާސީ

އައްޑޫގައި އަލަށް ހިއްކާ ސަރަހައްދާއެކު ޓޫރިޒަމަށް ދިރުން ލިބޭނެ

ރައުފާ ރަޝީދު ، ދެން އޮންލައިން

އައްޑޫސިޓީގައި އަލަށް ހިއްކާ ސަރަހައްދާއެކު އެ ސިޓީގެ ޓޫރިޒަމަށް އާ ދިރުމެއް ލިބޭނެކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫސިޓީގައި އަލަށް ހިއްކާ ފަސް ރަށާއި ހަންކެޑެގައި ރިސޯޓް ގާއިމުކުރެވުމުން އައްޑޫގެ ޓޫރިޒަމަށް އާ ދިރުމެއް ލިބޭނެ ކަމަށެވެ. އަދި އެކަން ވެގެންދާނީ އައްޑޫގައި ގެސްޓްހައުސް އެޅުމަށް ލިބޭ ހިތްވަރަކަށް ކަމަށާއި ރިސޯޓްކައިރީގައި ހުރެގެން ގެސްޓްހައުސްތައް ރަނގަޅަށް ހިންގޭނެ ކަމަށެވެ.

އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓް ރަނގަޅަށް ހިންގޭނީ އައްޑޫގައި ބެޑް ކެޕޭސިޓީ އިތުރުކޮށްގެން ކަމަށާއި އެއާޕޯޓް ތަރައްގީ ކުރުމާއެކު ބެޑް ކެޕޭސިޓީ އިތުރުކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ފަސް ރަށް ހިއްކުމުގެ ޕްރޮޖެކްޓް ކުރިއަށްގެންދިއުމަކީ ޓޫރިޒަމް ދެމެހެއްޓެނިވި ގޮތަކަށް އައްޑޫގައި ކުރިއަށްއެޅި މުހިންމު ފިޔަވަޅެއް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

  1. ދޮންއާދަމްބޭ.

    ބުނާކޮންމެބަހެއްގެކުރިއަށް،އިބްރާހީމް މުޙައްމަދުޞާލިޙްގެސަރުކާރު؟؟ދެންކޮބާ ދިވެހިސަރުކާރު؟[ދިވެހިސަރުކާރުގެޚިދުމަތުގައި]މިބަސްވެސްވެސް،އެމްޑީޕީސަރުކާރުގެ ޚިދުމަތުގައި’މިގޮތަށް ބަދަލުކޮށްލާ… ފޮޓޯއަށްބަލާލާއިރުބޮަޑަށްހީވަނީ ޝަރީފް ޑާންސްކުރާހެން.