ޚަބަރު

އާގަލާ ބޯޓުގައި ހުރި ތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

އަލިފާން ރޯވެ އަޑިއަށް ގޮސްފައިވާ "އާގަލާ" ބޯޓުގައި ހުރި ތަކެތި އޮޔާދާތީ ސަމާލުވާން އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.

Ads by STELCO

އެމްއެންޑީއެފުން ވިދާޅުވީ "އާގަލާ" ބޯޓުގައި ރޯވެ އެނދުމުގެ ސަބަބުން އަޑިއަށް ގޮސްފައިވާ ކަމަށް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި ބޯޓު އަޑިއަށް ދިޔުމާއި ގުޅިގެން ބޯޓުން ފެންމައްޗަށް އެރި ބައެއް ތަކެތި އޮޔާދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ތަކެތި އޮޔާދަނީ މ.އަތޮޅު ކައިރިން އުތުރަށް ކަމަށާއި އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!