ޚަބަރު ސަރުކާރު

މުސާރައަށް ގެނައި ހެޔޮބަދަލާއެކު ސީނިއާ ލެކްޗަރާއެއްގެ މުސާރަ ވިހިހާހުން ތިރީސްހަތަރު ހާހަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާނުކުރެއްވި ފަދައިން، މާރިޗުމަހުގެ 1 ވަނަ ދުވަހުންފެށިގެން މަތީ ތަޢުލީމީ ދާއިރާތަކުގެ މަޤާމުތަަކުގެ މުސާރައަށް ގެނެވުނު ކުރިއެރުންތަކާއެކު ސީނިއާ ލެކްޗަރާއެއްގެ މުސާރަ ވިހިހާހުން ތިރީސްހަތަރު ހާހަށް މައްޗައް ދާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

Ads by STELCO

ރައީސް އޮފީހުން މިއަދު ހާމަކުރި މަތީ ތަޢުލީމީ ދާއިރާތަކުގެ މަޤާމުތަަކުގެ މުސާރައަށް ގެނެވުނު ކުރިއެރުންތަކުގެ ތަފްސީލުގައިވާ ގޮތުން މިބަދާލާއެކު މަތީ ތަޢުލީމީ ދާއިރާތަކުގައި ހަރަކާތްތެރިވާ 767 މުއައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެއެވެ. އަދި މިބަދަލުތަކުގެ ތަފްސީލު ހާމަކޮށްފައިވަނީ އިތުރު ގަޑީގެ ފައިސާއާއި ނުލައިކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

މިގޮތުން ބަލާލާއިރު ދިވެހިރާއްޖޭގެ ލެކްޗަރާއެއްގެ މުސާރަ 18،880 ރުފިޔާއިން 29،982 އަށް އިތުރުވާނެއެވެ. އަދި ސީނިއާ ލެކްޗަރާއެއްގެ މުސާރަ 20،831 ރުފިޔާއިން 34،027 ރުފިޔާއަށް އިތުރުވާނެއެވެ. މީގެ އިތުރުން ޑީން އެއްގެ މުސާރަ 30،570 ރުފިޔާއިން 34،314 ރުފިޔާއަށް އިތުރުވާނެކަމަށާއި ރަޖިސްޓްރާރ އެއްގެ މުސާރަ އެއްގެ މުސާރަ 34،894 ރުފިޔާއިން 42،671 ރުފިޔާއަށް އިތުރުވާނެއެވެ.

އަދި ހަމައެހެންމެ ޑެޕިއުޓީ ވައިސް ޗާންސެލަރެއްގެ މުސާރަ 39،433 ރުފިޔާއިން 48،520 ރުފިޔާއަށް އިތުރުވާއިރު އެސޯސިއޭޓެޑް ލެކްޗަރާއެއްގެ މުސާރަ 14،826 ރުފިޔާއިން 26.649 ރުފިޔާއަށް ވަނީ އިތުރުވެފައެވެ.

މަތީތަޢުލީމީ ދާއިރާތަކުގެ މަޤާމުތަކުގެ މުސާރައަށް ގެނެވުނު ކުރިއެރުމާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، މުސާރައިގެ ކުރިއެރުންތައް އެކަށައެޅުއްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކަމާއި ބެހޭ ފަރާތްތަކާއި އެކު މަޝްވަރާކުރައްވާފައިވާ ކަަށެވެ. މިނިސްޓަރ އަމީރު ވިދާޅުވީ، މުސާރައަށް މިގެނެވުނު ބަދަލާއިއެކު ކޮންމެ 2 އަހަރަކުން އެއްފަހަރު މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ. އަދި މިބަދަލާއި އެކު ތަޢުލީމީ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާ، ރާއްޖޭގެ އިޤުތިޞާދަށް ބަލާއިރު މުސާރައަށް މިގެނެވުނު ކުރިއެރުމަކީ، ދުނިޔޭގެ ފެންވަރުގައިވެސް އެކަށޭނަ މުސާރައެއް ކަމުގައި މިނިސްޓަ އަމީރު ވިދާޅުވިއެެވެ.

މަތީތަޢުލީމީ ދާއިރާތަކުގެ މަޤާމްތަކަށް ވަނީ 14 އިންސައްތައިން ފެށިގެން 99 އިންސައްތައާ ހަމައަށް މުސާރައިގެ ކުރިއެރުން ދެއްވާފައެވެ. އަދި މަތީތަޢުލީމީ ދާއިރާތަކުގެ އެހެން މުވައްޒަފުންގެ އަސާސީ މުސާރައިގެ %35 އެލަވަންސާއިއެކު އެމުވައްޒަފުންނަށްވެސް މުސާރައިގެ ކުރިއެރުންތައް ވަނީ ދެއްވާފައެވެ.

Ads by Ooredoo
  1. މުރާނާ

    ކައުންސިލުތަކަކީ މިރާއްޖޭގައި ވޯޓުލެވޭ އާބާދީގެ މެޖޯރިޓީ އަށް ވާއިރު ރާއްޖެތެރެ ނިކަމެތިކޮށް އެންމެ ދަށު ދަރަޖައިގައި ގިންތިކޮށް އެންމެ ކުޑަ މުސާރަ ލިބޭ ބަޔަކަށް ހެދި ފަސްކުޅަނދުމަދު ކޮމިޝަނު އުފެއްދި ނާގާބިލު މީހަކަށް އަހަރެމެން ރާއްޖެތެރޭ މީހުންގެ ވޯޓު ޙަރާމެވެ. ނުވިތާކަށް ރާއްޖެތެރޭގެ ކައްކާ ކޮމެޓީތަކަކީ ޣައިރު މުސްލިމުންގެ ގޮތުގައި ގިންތިކޮށް ރޯދަ އެލަވަންސްނުދޭން ނިންމި ކަމީރު ހިމެނޭ ސަރުކާރަށް މަވާސަލާމެވެ. ރާއްޖެ އެމްވީގަ މި ކޮމެންޓް ޖަހަން ނުކެރުނަސް ޖަހަން ކެރޭ ނޫސްތަކުން ފެންނާނެ މި ކޮމެންޓް.