ވައިގެ މަގުން މަސްތުވާތަކެތި އެތެރެކޮށްގެން އަނބުރާ ފޮނުވައިލައިފައިވަނީ އެންމެ މީހެއް!
ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން މިހާތަނަށް އަނބުރާ ފޮނުވާލާފައިވަނީ އެންމެ މީހެއް ކަމަށް ކަސްޓަމްސް އާއި އިމިގްރޭޝަނުން ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު، ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ އާއި ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބާއެކު މަޖިލީހަށް ވަނީ ކަސްޓަމްސް އާއި އިމިގްރޭޝަންގެ ލިޔުންތައް ފޮނުވާފައެވެ. މިގޮތުން މިލިޔުންތަކުގައި ކަސްޓަމްސް އިން ވިދާޅުވި ގޮތުގައި އެ ޤަވާއިދުގެ ދަށުން މިހާތަނަށް އަނބުރާ ފޮނުވާލާފައިވަނީ އެންމެ ބިދޭސީއެކެވެ. އެ ބިދޭސީ މީހާއަކީ މިދިޔަ ފެބްރުއަރީ ހަވަނަ ދުވަހު ރާއްޖެ އައި ބިދޭސީއެކެވެ.
"މި ފަސިންޖަރަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާނެ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ފަރާތެއް ކަމުން އެފަރާތުގެ ފޮށި ތަންމަތި ބަލައި ފާސްކުރުމަށް ކަސްޓަމްސް އިން އެދުމުން މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ހާޒިރުގައި ކަސްޓަމްސްއިން ވަނީ އެފަސިންޖަރާއި އެފަސިންޖަރުގެ ފޮށި ތަންމަތި ބަލައި ފާސްކުރެވިފައެވެ" މިނިސްޓަރ މާރިޔާ މަޖިލީހަށް ފޮނުވި ކަސްޓަމްސްގެ ލިޔުމުގައި ބުނެފައިވެއެވެ.
ކަސްޓަމްސްއިން ވިދާޅުވާ އެފަސިންޖަރުގެ ފޮށިން 2.6 ކިލޯގެ ކޮޮކެއިން ވަނީ ފެނިފައެވެ. އެހެންކަމުން އެމީހާ ވަނީ އިމިގްރޭޝަނާއި ހަވާލުކޮށްފައެވެ. އަދި އެމީހާގެ ފޮށިން ފެނުނު މަސްތުވާތަކެތި ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ.
އިމިގްރޭޝަނުން ވިދާޅު ި ގޮތުގައި ބްރެޒިލްގެ ފަސިންޖަރު ވަނީ އަނބުރާ ގައުމަށް ފޮނުވައިލައިފައެވެ.