ރައީސް ޔާމީންގެ އިސްތިއުނާފް އިސްލާޙް ކުރަން ހައި ކޯޓުން އަންގައިފި

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ އިސްލާޙް ކުރަން އެ ކޯޓުން އަންގައިފިއެވެ،
ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުުމެއް އިއްވާފައިވަނީ މިދިޔަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައެވެ.
މިއަދު ރައީސް ޔާމީންގެ ވަކީލުންގެ ޓީމަށް އިސްތިއުނާފް ފޯމް އިސްލާޙް ކުރަން ކޯޓުން އަންގާފައިވާއިރު، އެ މައްސަލަ ބަލައިގަތުން ލަސްވާތީ އިދިކޮޅު މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރައީސް ޔާމީންގެ ވަކީލުން މީގެ ކުރިން ބުނެފައިވަނީ މިމަހުގެ ތެރޭގައި އެމަނިކުފާނުގެ މައްސަލައިގެ އިސްތިއުނާފު ނިންމާ، އެމަނިކުފާނު މިނިވަންވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމާއެކު، އެމަނިކުފާނަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ބަންދުވެފައެވެ،