ވިޔަފާރި

ހިޔާ ފްލެޓުތައް ބަލަހައްޓާ މީހުން ހޯދަން ބާއްވާ އޯޕަންޑޭއަށް ބޮޑު ތަރުހީބެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހިޔާ ޓަވަރުތައް ބަލަހައްޓައި ސާފު ކުރާނެ މުވައްޒަފުން ހޯދުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން މިއަދު އޯޕަން ޑޭއެއް ފަށައިފިއެވެ.

Ads by STELCO

އޯޕަން ޑޭ ކުރިއަށް ދަނީ ފޭސް 2 ގައި އަލަށް ހުޅުވި ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގަ އެވެ. މި އޯޕަންޑޭ މިރޭ 10 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ.

އެޗްޑީސީން ބުނީ ސެކިއުރިޓީ އެސިސްޓެންޓުންގެ ގޮތުގައި 88 މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވާއިރު ޓަވަރުތައް ސާފުކުރުމުގެ މަސައްކަތައް ސަޕޯޓް ސްޓާފުންގެ ގޮތުގައި 48 މުވައްޒަފުން ނެގުމަށް ނިންމާފައިވާ ކަމަށެވެ. މިއާއެކު ޖުމްލަ 136 މުވައްޒަފުން ހިޔާޓަވަރު ބެލެހެއްޓުމުގެ މަސައްކަތަށް އެޗްޑީސީން ނަގާނެ އެވެ. މުވައްޒަފުންނަށް މަހަކު 10،500ރ. ލިބޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ޓަވަރުތަކަށް މީހުން ވަންނަން ފެށުމާއިއެކު އެންމެ ބޮޑު ކަންބޮޑުވުމަކީ އޮތީ ޓަވަރުގެ މެއިންޓެނެންސް މަސައްކަތްތަކާއި ރައްކާތެރިކަމެވެ. މީގެ އިތުރުން ޓަވަރުތައް ކުށުގެ ހާއްޔަކަށް ވިޔަ ނުދިނުމަށް، ޕޮލިސް ޕޯސްޓެއް ޓަވަރު ސަރަހައްދުގައި ވަނީ ޤާއިމްކޮށްފައެވެ. މީގެ އިތުރުން ހުރިހާ ޓަވަރެއްގައި މިދިޔަ އަހަރު ތެރޭ ސީސީ ޓީވީ ކެމެރާ ހަރުކޮށް ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން އެޗްޑީސީން ވަނީ ފަށާފައެވެ.

ހުޅުމާލޭ ފޭސް 2 ގައި ހިޔާ މަޝްރޫޢުގެ ދަށުން ޖުމްލަ 16 ޓަވަރު ވަނީ ޤާއިމްކޮށްފަ އެވެ. މިއީ 7000 ފްލެޓު ތަރައްޤީ ކުރުމަށް ކުރިއަށް ގެނދެވުނު މަޝްރުޢޫއެކެވެ. ކޮންމެ ޓަވަރެއްގައި 25 ބުރި ހުންނައިރު، މިއީ އެއް ސަރަހައްދެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން އެންމެ ގިނަ މީހުން ރާއްޖޭގައި ދިރިއުޅެމުންދާ ސަރަހައްދުވެސް މެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!