ޚަބަރު

ޝީއަށް ތިންވަނަ ދައުރެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ރައީސް ޝީ ޖިންޕިންގ ތިންވަނަ ދައުރެއް ޔަޤީންކުރައްވައިފިއެވެ.

Ads by MWSC

މިއާއެކު އެމަނިކުފާނު ވެވަޑައިގެންފައިވަނީ ޗައިނާގެ ތާރީޚުގައި ވެސް މާއޮ ޒެޑޮންގ އަށްފަހު އެންމެ ނުފޫޒުގަދަ ސިޔާސީ ޝަހުސިއްޔަތަށެވެ.

އެމަނިކުފާނަށް ފަސް އަހަރުގެ ތިންވަނަ ދައުރެއް ޔަޤީންވެފައިވަނީ ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުން ޤާނޫނަަށް ގެނައި އިސްލާހާއެކުގައެވެ. އެގޮތުން އެ ޤައުމުގައި އެކަކަށް ވެރިކަން ކުރެވޭނީ ދެ ދައުރަކަށް ކަަމަށް ބަޔާން ކުރާ މާއްދާ ވަނީ އުވާލާފައެވެ.

ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ 2،952 މެންބަރުން ވަނީ ޝީ އަށް ތިން ވަނަ ދައުރެއް ދެއްވުމަށް ވޯޓު ދީފައެވެ. އެމަނިކުފާނާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއެވެ.

އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް މެންބަރުން އައްޔަން ކުރަނީ ވެރިކަން ކުރާ ޕާޓީ، ކޮމިއުނިސްޓް ޕާޓީންނެވެ.

ތިން ވަނަ ދައުރެއް ޔަޤީންވުމާއެކު މިހާރު ޝީ ވަނީ ކޮމިއުނިސްޓް ޕާޓީގެ އިސް ވެރިޔާ ކަމަށާއި އަސްކަރިއްޔާގެ ވެރިޔާ ކަމަށް އައްޔަނުކުރައްވާފައެވެ.

69 އަހަރުގެ ޝީއަށް ތިންވަނަ ދައުރެއް ޔަޤީންވެފައިވާއިރު ނާއިބުގެ މަޤާމަށް އިންތިޚާބުވެފައިވަނީ ޒާއޯ ލެޖީއެވެ.

ޝީ އެންމެ ފުރަތަމަ ޗައިނާގެ ވެރިކަމާ ހަވާލުވެވަޑައިގަތީ 2012 ވަނަ އަހަރުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!