ޚަބަރު ސިޔާސީ

ރޭގެ އެއްވުމުން ހައްޔަރު ކުރި 17 މީހުން ދޫކޮށްލައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އިދިކޮޅުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން ހައްޔަރު ކުރި 17 މީހުން މިއަދު ދޫކޮށްލައިފިއެވެ.

Ads by Sosun Fihaara

ފުލުހުން ވިދާޅުވީ، މި އެންމެންވެސް ހައްޔަރު ކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކަމަށެވެ. އަދި މިހާރު އެމީހުން ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އިދިކޮޅުން މާލޭގައި ސިލްސިލާ އެއްވުންތަކެއް އިންތިޒާމުކޮށް ބާއްވަމުންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ޖަލަށް ލުމުންނެވެ.

އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް ކޮށްފައިވަނީ ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެގެންނެވެ.

ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފު ފޯމު އިސްލާހު ކުރަން ހައި ކޯޓުން އޮތީ މިދިޔަ ހަފުތާގައި އަންގައިފަ އެވެ. ހައި ކޯޓުން އެގޮތަށް އެންގީ، އެ މައްސަލަ ބަލައިގަތުން ލަސްވާތީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ވެސް ފާޅުކޮށްފައި ވަނިކޮށެވެ.

އިދިކޮޅުން ވަނީ ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު އަރުވައިފަ އެވެ. އެހެންނަމަވެސް ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރުމުގެ ގާނޫނީ ޝަރުތު ވަނީ ގެއްލިފައެވެ. އިސްތިއުނާފު މަރުހަލާގައި އެމަނިކުފާނު މިނިވަން ނުވެއްޖެނަމަ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!