ޚަބަރު ސަރުކާރު

ފެނަކައިން، އެސްޓީއޯގެ ބިލަށް 1.8 ބިލިއަން ނުދައްކާ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެސްޓީއޯ އިން ފެނަކަ ކުންފުންޏަށް ވިއްކާފައިވާ ތެލަށް އެއްވެސް ފައިސާއެއް ނުދައްކާކަމަށާއި މިހާތަނަށް ނުދައްކާ އޮތް ބިލުތަކުގެ ޖުމްލަ 1.8 ބިލިއަނަށް އަރާފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Ads by STELCO

މައުލޫމާތު ލިބިފައިވާގޮތުން އެކަމުގެ ސަބަބުން އެސްޓީއޯއަށް މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިވާން ފަށައިފައިވާއިރު ތެޔޮ ބިލްތަކަށް ފައިސާ ދެއްކުމަށް އެކި ފަހަރު ހަދާންކޮށްދީ، އެ ފައިސާ ހޯދުމަށް މަސައްކަތް ކުރި ނަމަވެސް މިއަދާ ހަމައަށް ވެސް ފެނަކައިން އެސްޓީއޯއަށް އެ ފައިސާ ދައްކާފައިނުވެއެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީއިން އެ ކުންފުންޏަށް އެހީތެރިކަން އަންނަނީ ލިބެމުން ކަމަށް އެސްޓީއޯއިން ވަނީ "ދެން" އަށް މައުލޫމާތު ދެއްވާފައެވެ.

"އެސްޓީއޯއިން ފެނަކަ ކޯޕަރޭޝަންއަށް ފޯރުކޮށްދޭ ތެލަށް ފެނަކަ ކޯޕަރޭޝަންއިން އެސްޓީއޯއަށް ފައިސާ ލިބެމުން ނުދިޔަނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ކަރަންޓް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް އެންމެ މުހިއްމު އެއްޗަކީ ތެޔޮ ކަމުގައިވާތީ، ފެނަކައަށް މި ކުންފުނިން މިހާހިސަބަށް މިއައީ ތެޔޮ ފޯރުކޮށްދެމުންނެވެ.
މި މައްސަލަ ހައްލުކުރުމަށް ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީއިން މި ކުންފުންޏަށް އެހީތެރިކަން އަންނަނީ ލިބެމުންނެވެ." އެސްޓީއޯ އިން ބުންޏެވެ.

"ދެން" އަށް މައުލޫމާތު ލިބިފައިވާގޮތުން ފެނަކައިން އެސްޓީއޯ އަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ އޮތުމުގެ ސަބަބުން އެކުންފުންޏަށް ތެޔޮ ގަތުމަށްވެސް ދަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!