ޚަބަރު ސިޔާސީ

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން- މޮނިޓަރުންނާއި އޮބްޒާވަރުން ހޯދަން އިޢުލާނުކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަންނަ އޭޕްރީލް މަހުގެ 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަނުގައި ހަރަކާތްތެރިވާނެ މޮނިޓަރުންނާއި އޮބްޒާވަރުން ހޯދުމަށް އިއުލާނުކޮށްފިއެވެ.

Ads by STELCO

އިލެކްޝަން ކޮމިޝަނުން ކުރެއްވި އިޢުނުތަކެއްގައި ބުނީ 2023 އެޕްރީލު 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށާއި މި ބައި-އިލެކްޝަންގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފައިވާކަމަށެވެ.

މިގޮތުން މިފުރުސަތު ހުޅުވާލައިފައިވަނީ 2023 މާރިޗު 16 ވާ ބުރާސްފަތި ދުވަހުގެ 10:00 އިން ފެށިގެން،2023 މާރިޗު 25 ވާ ހޮނިހިރު ދުވަހުގެ 13:00 އާ ހަމަޔަށް ކަމަށް މިއިއުލާނުތަކުގައިވެއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރެއްވުމަށް 3 ކެންޑިޑޭޓުން ވަނީ ކުރިމަތި ލައްވައިފައެވެ.

މި ބައި-އިލެކްޝަންގައި ވާދަ ކުރަނީ އިދިކޮޅު ޕީޕީއެމްއާއި، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އެމްއެންޕީންނެވެ.

މި އިންތިޚާބުގައި ކެންޑިޑޭޓް ނަންބަރު އެކަކަށް ހޮވިފައިވަނީ ޕީޕީއެމްއިން ކުރިމަތިލީ މެންބަރު، ޙުސައިން ރިޒާއެވެ.އޭނާ އަކީ ދާއިރާގެ ކުރީގެ މެންބަރު އިބްރާޙިމް ރިޒާގެ ކޮއްކޮއެވެ.ކެންޑިޑޭޓް ނަންބަރު ދޭއް ލިބިފައިވަނީ އެމްޑީޕީން ކުރިމަތިލީ މެންބަރު އިބްރާޙިމް ޝާޒްއަށެވެ. އަދި ކެންޑިޑޭޓް ނަންބަރު ތިނަކީ އެމްއެންޕީން ވާދަކުރާ ކެންޑިޑޭޓް އަލީ އާރިފްއެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!