އެމްއެމްޕީއާރްސީގެ ހިޔާނަތުގެ ފައިސާ ބޭނުން ކޮށްފައިނުވާކަމަށާއި ޝަރުއީ ނިޒާމަށް އިތުބާރު ކުރައްވާކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ސިފައިންގެ ކުރީގެ ޗީފް މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނަތުގެ ފައިސާ ބޭނުން ކުރިކަމަށް ތުހުމަތު ކުރެވޭތީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ސިފައިންގެ ކުރީގެ ޗީފް މޫސާ އަލީ ޖަލީލަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އަށް ފޮނުވި މައްސަލާއި ގުޅިގެން އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އިންސާފު ލިބޭނެކަމަށް ވިދާޅުވެފައެވެ.
އޭސީސީ އިން ބުނީ ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާގެ ތެރެއިން ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު މެދުވެރިކޮށް މޫސާ އަލީ ޖަލީލަށް ލިބިފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށެވެ. އަދި ބުނީ މޫސާ އަލީ ޖަލީލްގެ އަމިއްލަ ބޭންކް އެކައުންޓަށް އެ ފައިސާ ޖަމާކޮށް ބޭނުންކޮށްފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.
އެހެންވެ އޭސީސީން ވަނީ މި މައްސަލައިގައި ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ރުފިޔާ މޫސާ އަލީ ޖަލީލް އަތުން އަނބުރާ ހޯދަން އެމްއެމްޕީއާރްސީ އަށް އަންގައިފަ އެވެ