ޚަބަރު

ރާއްޖޭގެ ސްޓޭޓް މިނިސްޓަރުން ބައިވެރިވި ބައްދަލުވުމެއްގެ ރިޔާސަތުގައި ޗައިނާގެ އެންބެސަޑަރު އިންނެވުމުން ފާޑުކިޔުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭއްވުނު ހަތަރު ވަނަ ޖޮއިންޓް މީޓިންއެއްގެ ރިޔާސަތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގ ލީޖިން އިންނެވުމުން ފާޑު ކިޔުން އަމާޒުވެއްޖެއެވެ.

Ads by Hajj Corporation

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުން ވަނީ ބައިވެރިވެފައެވެ. މި ޖޮއިންޓް މެކޭނިޒަމް މީޓީންގައި ރާއްޖޭގެ ފަރާތުން ސްޓޭޓް މިނިސްޓަރުން ބައިވެރިވެފައިވަނިކޮށް ރިޔާސަތުގައި ސަފީރު އިންނެވުމުން، އެއީ ފޮރިން ޕްރޮޓްކޯލްއާ ޚިލާފުވީ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގައި ފާޑު ކިޔަމުންނެވެ.

އެ ބައްދަލުވުމުގެ ފޮޓޯތަކުން ފެންނަ ގޮތުގައި، ސްޓޭޓް މިނިސްޓަރ އޮފް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އިބްރާހިމް ރަޝީދާއި ސްޓޭޓް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ޚަލީލު އިންނެވީ ސަފީރު ވާންގ ލީޖިންގެ ދެ ފަރާތުގައެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.

ބައްދަލުވުގެ ފޮޓޯތައް ޓްވީޓް ކުރަމުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމުގައި ފުރިހަމަ އެއްބާރުލުމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މި ބައްދަލުވުމުގައި ރާއްޖެއިން ދެއްވާފައިވާ ކަމަށެވެ.

މި ޓްވީޓް ރީޓްވީޓް ކުރައްވަމުން ސަފީރު ވާންގ ލީޖިން ވިދާޅުވީ، ކަމާބެހޭ ހުރިހާ ވުޒާރާތަކާއި އެޖެންސީތައް ގުޅިގެން ކުރާ މަސައްކަތުން، ޗައިނާގެ ފަތުރުވެރިންނަށް ރައްކާތެރިކަމާއެކު، އުފާވެރިކަމާއެކީގައި ރާއްޖެ ތިބެވޭނެކަން ޔަޤީން ކުރެވޭ ކަމަށެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ކޯސްޓްގާޑުންނާއި ކަސްޓަމްސްއިން ވެސް ވަނީ ބައިވެރިވެފައެވެ.

2020ވަނަ އަހަރު ކުރިމަތިވި ކޮވިޑް19ގެ ޙާލަތާއެކު، ރާއްޖެއާއި ޗައިނާއާއި ދެމެދު ސީދާ ދަތުރުތައް ހުއްޓާލިއެވެ. ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށްފަހު، ޖެނުއަރީ 18އިން ފެށިގެން ޗައިނާއިން އެއަރލައިންތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ވަނީ ފަށާފައެވެ.

Ads by Allied Insurance
  1. ބަލަ ޗައިނާގެ އެމްބަސީން ބާއްވާ ބައްދަލް ވުމަކި ޗައިނާގެ ސަފީރު މީޓިން ޗެއާރް ކުރައްވާނީ ގޮޑީގެ ކަނުގައި ހުރެގެންތޯ ؟