ވިޔަފާރި

"ސްޕެޝަލް އޮފާ" އަކާއެކު އެސްޓީއޯ ރޯދަ މާރޓު ހުޅުވައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެސްޓީއޯ ރޯދަ މާރޓު ހުޅުމާލޭ ފޭސް 2 ގައި ހުޅުވައިފިއެވެ.

Ads by STELCO

ރޯދަމަހަށް ހާއްސަކޮށް ހުޅުވި މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ އެޗްޑީސީގެ ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ.

ވިނަރެސް ފްލެޓްތަކުގެ ތެރެއިން ނުވަވަނަ ފްލެޓްގައި ހުޅުވާފައިވާ މި ފިހާރައިން އެސްޓީއޯ އިން ވިއްކާ މުދާ ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ލިބެ އެވެ. ވަކިން ހާއްސަކޮށް ރޯދައަށް އެސްޓީއޯ އިން ރާއްޖެ އެތެރެކޮށްފައިވާ ފިޔާ، އަލުވި އަދި ބިސް ވެސް މި ފިހާރައިން ލިބޭނެކަމަށް އެސްޓީއޯއިން މައުލޫމާތު ދެއްވައެވެ.

ފިހާރަ ހުޅުވާފައިވަނީ މި މަހު 22 އާ ހަމައަށް ހާއްސަ އަގުތަކެއްގައި ހިފާ ގެންގުޅޭ ސާމާނު ލިބޭ 'ސްޕެޝަލް އޮފާ' އަކާ ވެސް އެކު އެވެ.

އެސްޓީއޯގެ މި ފިހާރަ މިއަދު ހުޅުވާފައިވާއިރު އެކުންފުނިން މިހާރު ދަނީ ކޭޝިއަރު ނެތި އޮޕަރޭޓް ކުރާ ފިހާރައެއް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ކޭޝިއަރަކު ނުލައި ހިންގާނެ މި ފިހާރަ ހުޅުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. މި ފިހާރާއިގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ފިހާރަ މި މަހު ހުޅުވޭނެ ކަމަށް އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން އަމްރު ވަނީ ހާމަކުރައްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!