Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

ހިއުމަން ޓުރެފިކިންގެ މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި

ހިއުމަން ޓުރެފިކިންގެ މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި

ހިއުމަން ޓްރެފިކިން މައްސަލައަކާ ގުޅިގެން އިންޑިއާގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ، ވެންކަޓަރަމަނާ ޕައްލާ ނަމަކަށް ކިޔާ މީހެއްކަމަށާއި އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާ 15 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ ކަމަށެވެ.

އޭނާއަކީ، އޭނާ ރާއްޖެ ގެނައި ސްޕޮންސަރަށް ފިލައިގެން އުޅޭ މީހެއްކަމަށް ރިޕޯޓު ކޮށްފައިވާ މީހެއްކަމަށް ބެލެވޭކަމަށް ކޯޓު އަމުރުގައިވެއެވެ. އަދި އޭނާ ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ ގިނަ ބަޔަކު ޝާމިލުވެ އަދި އިންތިޒާމްވެގެން، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ހިންގާ ކުށުގެ އަމަލެއް ކަމަށް ބެލެވޭ ކަމަށާއި ކުށުގެ އަމަލުގެ ސަބަބުން ގިނަ ބަޔަކު އެ ކަމުގެ ޝިކާރައަކަށް ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

Advertisement
Allied — Dhen Online (box)

މިމައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް