ޚަބަރު ރައްޔިތުންގެ މަޖިލިސް

މެމްބަރު ރިޒާގެ މައްޗަށް މީހުން ޓްރެފިކް ކުރުމުގެ ދައުވާކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އޮޅުވައިލައިގެން ބިދޭސީން ރާއްޖެ އެތެރެކޮށް، މުވައްޒަފުންނަށް މުސާރަ ނުދީ، އެކަމާ ދެކޮޅަށް އަޑުއުފުލާ މުވައްޒަފުންނަށް ބިރު ދައްކުވައިގެން މަސައްކަތް ކުރުވި މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ދައުވާކޮށްފިއެވެ.

Ads by MWSC

މި މައްސަލައާ ގުޅިގެން މެމްބަރު ރިޒާގެ މައްޗަށް އުފުލައިފައި ވަނީ، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން، މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުން، އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.

ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ އާރުއައިއެކްސް (ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މުސާރަ ނުދޭ މައްސަލައާ ގުޅިގެން ބޮޑު ފިނޮޅުގައި މަސައްކަތް ބިދޭސީ މުވައްޒަފުންތަކެއް އެ ތަނުގައި ތިބި ދިވެހިންތަކެއް ރަހީނުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ މައްސަލައާ ގުޅިގެން 19 ބިދޭސީއަކު ހައްޔަރުކުރިއެވެ. ފުލުހުންގެ ފަރާތުން ރިޒް ކުންފުނީގެ މައްޗަށް ތުހުމަތުކުރެވޭ ހިއުމަން ޓްރެފިކިންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ.

އެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ބުނެފައި ވަނީ ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށާއި މީހުން ޓްރެފިކްކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އޮޅުވައިލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައި ކަމަށެވެ.

 

Ads by Ooredoo
  1. ބުލްބުލް

    ތިމީހަކަށް އަދަބެއް ދެވޭނެބާ. ދެން ބުނާނީ ދައުވާ ސާފުނުވާކަމާށް. ދެން ބުނާނީ ސާބިތު ކުރެވޭވަރަށް ހެކި ނެތްކަމަށް.
    އެނިމުނީ. ބަންގާޅުންތައް މާލެތެރެއަށް ގިނަވީ. މެމްބަރު ހުދުކާފޫރުކޮޅެއްހާ ސާފުވީ. މެމްބަރު ހައްޤު ގެއްލުނީ. އެކަމުގެ ބަދަލު 4 މިލިއަން ރުފީޔާ ދައުލަތުން އޭނާގެ އަބުރުފުޅު ގެއްލުނީމަ ދޭންޖެހުނީ. މިއީ އާހިރުގަ ވާނެގޮތްހެން ހީވަނީ.