ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ މި ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ކުރަނީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި, ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމުގައިވާ 33 އަހަރުގެ ޝޮހެދް އުއްލާއެވެ.
މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ނ. މަނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792039ށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.