ޚަބަރު ޝަރުޢީ ދާއިރާ

ކްރިމިނަލް ކޯޓުގެ ޤާޟީގެ މަޤާމަށް މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކްރިމިނަލް ކޯޓުގެ ޤާޟީގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by STELCO

ޖުޑީޝަލް ސާވިސް ކޮމިޝަނުން  ކުރެއްވި އިއުލާނެއްގައި ވިދާޅުވެފައިވާ ވާގޮތުން މި މަޤާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި 30000 ރުފިޔާ ލިބޭނެއެވެ. މަޤާމަށް އެދި ހުށަހަހަޅުއްވާނީ 04 އޭޕްރީލް 2023 ވަނަ ދުވަހުގެ 12:00 ގެ ކުރިން  އެކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށްކަމަށްވެސް މި އިއުލާނުގައި ވެއެވެ.

ޖޭއެސްސީ އިން ދާދިފަހުން ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލައްވައިފައެވެ. އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދަށް ހަމަވާއިރު ލިވިން އެލަވަންސާއި ރިސްކް އެލަވަންސްއާއެކު ޖުމްލަ 56،300 ރުފިޔާގެ މުސާރަ ލިބޭ މި މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ވަޒީފާ އަދާކުރައްވަމުން ގެންދާ ފަރާތަކަށްވުން އެކަނިކަމަށް އެކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި ވަނީ ވިދާޅުވެފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!