ކުޑަ ޢީދަށް މާލޭގެ ބޮޑެތި މަގުތައް ޒީނަތްތެރިކުރުމުގެ ޕްލޭން އެބައޮތް: މޭޔަރ މުއިއްޒު

ކުޑަ ޢީދަށް މާލޭގެ ބޮޑެތި މަގުތައް ޒީނަތްތެރިކުރުމުގެ ޕްލޭން ހަދާފައި އެބައޮތް ކަމަށް މާލޭ މޭޔަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރަމަޟާން މަހަށް ބޭރުގެ ގައުމެއްގެ މަގުތައް ޒީނަތްތެރި ކޮށްފައިވާ މަންޒަރު ފެންނަ ދެ ތަސްވީރު ހިއްސާ ކުރައްވައި ޕީޕީއެމްގެ އެކްޓިވިސްޓަކު ކުރި ޓްވީޓަކަށް ރިޕްލައި ކުރައްވަމުން މޭޔަރ މުއިއްޒު ވިދާޅުވީ އޮންނަ މާލެ ސިޓީ ކައުންސިލުން، މިކަން ރާވައިފައިވާ ކަމަށާއި، މަޖީދީ މަގާއި، ރިންގު ރޯޑާއި ޖުމްހޫރީ މައިދާން ރޯދައަށް ޒީނަތްތެރި ކުރަން ކުރިން އޮތީ ރާވައިފައި ކަމަށެވެ. އަދި އެ މަސައްކަތް މިހާރު އޮތީ ޕްރޮކިއުމަންޓު ސްޓޭޖުގައިކަމަށް މޭޔަރ ވަނީ ފާހަގަކުރައްވާފައެވެ.
އީދުތަކަށް މަގުތައް ޒީނަތްތެރިކޮށް ކުޅިވަރުތައް ބޭއްވުމަކީ ޒަމާނުއްސުރެ ރާއްޖޭގައި ކުރަމުން އަންނަކަމެކެވެ. އަދި ކޮންމެ އީދެއްވެސް ކުލަ ގަދަކޮށް ފާހަގަކުރުމަށް ރަށްރަށުގައި ފޯރިގަދަކޮށް ކުރާކަމެކެވެ.