ރައީސްގެ ކޭޑަށް ހުރަސްހެޅުން؛ ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މޮޓޯ ކޭޑަށް ހުރަސް ހަޅައިގެން ރޭ ބަންދު ކުރި މީހުންނަށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނުންނާއި އަންހެނެއް ކަމަށެވެ. ހައްޔަރުކުރި އަންހެން މީހާއާއި އެއް ފިރިހެނެއްގެ ބަންދަށް 5 ދުވަސް ދީފައިވާއިރު، ބާކީތިބި ދެ ފިރިހެނުންނަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ކަނޑައަޅާފައެވެ.
ރައީސް ޞާލިޙްގެ ކޭޑަށް ހުރަސް ހަޅާފައިވަނީ ރޭ، ޕީޕީއެމް އޮފީހުގެ ދޮރުމަތިންނެވެ. އެއީ ހުޅުމާލޭގައި އޮތް ޖަލްސާއަކަށް ފަހު ރައީސް ގެއަށް ވަޑައިގަތް މަގުމަތީގައެވެ.
އޭގެ އިތުރުން ރޭ އެ ސަރަހައްދުގައި މުޒާހަރާކުރި 17 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ އެންމެންވެސް ޝަރުތުތަކާއެކު ވަނީ ކްރިމިނަލް ކޯޓުން ދޫކޮށްލާފައެވެ.
ބަލަ ޤައުމުގެ ރައްޔިތުން މުޒާހަރާ ކޮށްކޮށް ތިބި ތަނަކަށް ރައީސުގެ މޮޓޯކޭޑް ގައި ގެންގޮސްނުވާނެތާ އެގޮތަށް ގެންދިޔައީ ރައްޔިތުންނަށް ގެންލުން ތަކެއްދޭން ބަޔަކު ރާވައިގެން ހިންގި ނާތަހުޒީބް ޢަމަލެއް !