ޚަބަރު

ރައީސް ނަޝީދާއެކު ކޯލިޝަން ހަދާކަށް ނުޖެހޭނެ، އެއީ އެމްޑީޕީ: ރައީސް ޞާލިޙް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއެކު ކޯލިޝަން ހަދާކަށް ނުޖެހޭނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، ރައީސް ޞާލިޙް ރިޔާސީ އިންތިޚާބަށް އުފައްދަވާފައިވާ އައު ކޯލިޝަނާއެކު މިއަދު ބޭއްވެވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވަވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ނަޝީދު ގެންދަވަނީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި އެމްޑީޕީގައި ގޮއްޕެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ. އިންތިޚާބުގައި ރައީސް ނަޝީދުގެ ތާއީދު ރައީސް ޞާލިޙަށް ނެތް ކަމަށް ރައީސް ނަޝީދު މީގެ ކުރިން ނުސީދާކޮށް އެތައް ފަހަރަކު ވަނީ ވިދާޅުވެފައެވެ. ރައީސް ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބި ވަޑައިގަތީ، އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދު ބަލިކުރައްވައިގެންނެވެ.

"އެމްޑީޕީގެ ކެނޑިޑޭޓެއް މިއޮތީ އިންތިޚާބުކޮށްފައި، ޕާޓީ އޮންނަންވާނީ އެ ނިންމުމާއެކީގައި." ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީގެ ކޮންމެ މެންބަރަކު ވެސް މަސައްކަތް ކުރަން ޖެހޭނީ ރިޔާސީ އިންތިޚާބު އެ ޕާޓީއަށް ކާމިޔާބުކޮށްދޭން ކަމަށެވެ.

"މިހާރު ކުރަން ޖެހޭނެ މަސައްކަތަކީ އެމްޑީޕީއަށް އިލެކްޝަން ކާމިޔާބު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ޕާޓީގެ ހުރިހާ މެންބަރުން ކުރުން، އެ ނޫން ކަމެއް، އިންތިޚާބާ ބެހޭ ގޮތުން ނޯންނާނެ"

ރައީސް ނަޝީދަށް އެހެން ފަރާތަކަށް ތާއީދު ކުރެވޭނެތޯ ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ ޕާޓީގެ ނިންމުމެއް އޮއްވާ، ޕާޓީގެ ތެރެއިން އެގޮތަށް ނުނިންމޭނެ ކަމަށެވެ.

"އެމްޑީޕީގައި އެބައޮތް އަމަލު ކުރަން ޖެހޭ އަސާސްތަކެއް، އުސޫލުތަކެއް، ޤަވާއިދުތަކެއް، އޭގެ ތެރޭގައި އެމްޑީޕީގެ މަސައްކަތް ކުރަންވާނީ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

  1. ތްރިޕަލްއޭ

    ކިތަންމެ ތަޢުރީފަށް ރައީސް ނަޝީދަށް ކުޅަޔަސް ދެން ރސައީސް ނަށީދުގެ ސަޕޯރޓެއް ނުލބޭނެ ނަތީޖާއަކީ މިއޮތް ވެރިކަމަށް 2 ވަނަ ދައުރަކަށް ރައްޔިތުން ނޫނެކޭ ބުނުން