ޚަބަރު އިޖުތިމާޢީ

ހަނދެއް ނުފެނޭ، މާދަން ރޯދައެއް ނޫން!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި ހަފްތާގެ ބުރާސްފަތި ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން މިރޭ ކަނޑައަޅައިފިއެވެ.

Ads by MWSC

މިރޭ ހަނދާ ބެހޭ ބަޔާން އިއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިއަދު އިރުއޮއްސުނު އިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންމަތި ނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.

ހަނދު ސާބިތުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީީ ރާއްޖެ އާއި އިތުރު އެއްވެސް އިސްލާމީ ގައުމަކަށް ވެސް ހަނދު ފެނުނުކަމުގެ ރަސްމީ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

އެހެންކަމުން މާދަމާ އަކީ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ 23 މާޗުވާ ބުރާސްފަތި ދުވަސް ކަމުގައި ކަނޑައަޅާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!