ޚަބަރު ސިޔާސީ

އައިޖީއެމްއެޗުގައި ކަމެއް ގޯޯސްކޮށް ހިނގުމުން، ހެލްތު މިނިސްޓަރުގެ ބޮލަކަށް ނުޖަހާ: މާރިޔާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އައިޖީއެމްއެޗުގައި ކަމެއް ގޯސްކޮށް ހިނގައިފިނަމަ، އެކަން ހެލްތު މިނިސްޓަރު އަޙްމަދު ނަސީމްގެ ބޮލަށް ނުޖަހާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރު މިހެން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ހޯމަ ދުވަހުގެ ރޭ ކުރި މުޒާހަރާގެ ތެރެއިން، ބޮޑުތަކުރުފާނު މަގުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގައި އެ ކަމަނާއަށް ފާޑުކިޔުންތައް އަމާޒުވުމުންނެވެ.

މާރިޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިފައިންގެ އޮޕަރޭޝަނަލް ނުވަތަ ޓެކްޓިކަލް ކަމެއް މެދުވާއިރަށް ވަޒީރުގެ ބޮލަށް އެކަމުގެ ޒިންމާ ޖަހަނީ ޑިފެންސް މިނިސްޓަރަކީ އަންހެނެއް ވީމާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އައިޖީއެމްއެޗްގައި ކުރާ އޮޕަރޭޝަނެއް ގޯސްކޮށް ގޮސްފިނަމަ އެއްވެސް މީހަކު ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ކުށްވެރި ނުކުރާ ކަމަށެވެ. އަދި ފުލުހުންގެ އެއްވެސް އިހުމާލަކަށް ހޯމް މިނިސްޓަރު އިމްރާންވެސް އެއްވެސް މީހަކު ކުށްވެރި ނުކުރާ ކަމަށެވެ.

ނަމަވެސް އެމްއެންޑީއެފްގެ އޮޕަރޭޝަނެއްގައި ގޯހެއް ހިނގައިފި ނަމަ ޑިފެންސް މިނިސްޓަރު ކުށްވެރި ކުރާ ކަމަށާއި މިނިސްޓަރު ކުށްވެރި ކުރަނީ އަންހެނަކަށް ވުމުން ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގައި މާރިޔާއަށް ފާޑުކިޔުން އަމާޒިވީއިރު، ރައީސްގެ ސެކިއުރިޓީންނާއި މަދު އަދަދެއްގެ ފުލުހުންނަށް އިދިކޮޅުގެ ސަޕޯޓަރުން ދުރު ނުކުރެވުމުން މޮޓޯކޭޑް ޖެހުނީ އަނބުރާލާފައި ދާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!