ޚަބަރު ރައްޔިތުންގެ މަޖިލިސް

ރިސޯޓުތަކުގެ އިސް މަގާމުތައް ދިވެހިންނަށް އެކަނި ދިނުމަށް ގޮވާލާ ޖާބިރުގެ ގަރާރެއް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކުގެ ތެރޭގައި ހިމެނޭ، ރިޒޯޓު މެނޭޖަރުކަމާއި، އެޗް.އާރް މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަޤާމަށް ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަޤާމެއްކަމަށް ކަނޑައެޅުމާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގަރާރެއް ހުށައަޅުއްވައިފިއެވެ.

Ads by STELCO

ޖާބިރު ހުށައެޅުއްވި ގަރާރުގައި ބުނެފައިވާގޮތުން

އެ ގަރާރުގައި ޖާބިރު ވިދާޅުވީ ގާތްގަނޑަކަށް %80 ރަށްތަކުގައި ރިސޯޓު މެނޭޖަރުންނަކީ ބިދޭސީން ކަމަށެވެ. އަދި 95% ރަށްތަކުގައި އެކައުންޓްސް މެނޭޖަރު ނުވަތަ ޗީފް އެކައުންޓެންޓަކީ ބިދޭސީއެއް ކަމަށާއި %70 ރަށްތަކުގައި ހިއުމަން ރިސޯސް މެނޭޖަރުންނަކީ ވެސް ބިދޭސީން ކަމަށްވެސް މިގަރާރުގައި ބުނެފައިވެއެވެ.

އެ ގަރާރުގައި އޭނާ ވިދާޅުވީ، އެފަދަ މަގާމުތަކަށް ބޭނުންވާނެ ދިވެހިންނަށް ތައުލީމާއި ތަމްރީނު ދެވޭނެ ފުރިހަމަ ނިޒާމެއް ރާއްޖޭގައި ފުރިހަމައަށް ގާއިމްކުރެވިފައި ހުންނަން ވާނެ ކަމަށް ދެކޭ ކަމަށެވެ. އެ ތިން މަގާމަކީ ސީދާ ދިވެހިން އިސްވެ ތިބެން ޖެހޭ މަގާމުތަކެއް ކަމުގައި ދެކޭ ކަމަށް ވެސް ވިދާޅުވިއެވެ.

މިގަރާރުގެ ފުރަތަމަ އަޑުއެހުން މިއަދު ވަނީ މަޖިލީހުގައި ކުރިއަށް ގެންގޮސްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!