ރެސިޕީ

ދެން ރެސިޕީ | ޗޮކްލެޓް ޓާޓް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާތަކެތި:

1 ޖޯޑު ރޯސްޓަޑް ކެޝޫ ނަޓްސް ނުވަތަ ބޭނުން ވައްތަރެއްގެ ނަޓްސް

Ads by WAMCO

3 ޖޯޑު މާރީ ބިސްކޯދު

2/3 ޖޯޑު ބަޓަރު

1 ޖޯޑު ހަކުރު

½ ޖޯޑު ކޮކޯ ޕައުޑަރު

1 ޖޯޑު ފެން

ސައިސަމުސާ ވެނީލާ އެސެންސް

½ ޖޯޑު ޑާރކް ޗޮކްލޭޓް (ކުދިކޮށް ކޮށާފައި)

½ ޖޯޑު ހެވީ ކްރީމް (ހޫނުކޮށް)

ގާނިޝް ކޮށްލުމަށް ނަޓްސް ކޮޅެއް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ނަޓްކޮޅާއި މާރީ ބިސްކޯދު ފުނޑާލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.

ތަވައެއްގައި ބަޓަރު، ވެނީލާ އެސެންސް، ފެން، ހަކުރު އަދި ކޮކޯ ޕައުޑަރު އެއްކޮށްލުމަށްފަހު މަޑުގިނީގައި ދޭފަތަކުން ހަލަމުން ކައްކާލާށެވެ. ބޮކި ޖަހަން ފެށުމުން އުނދުނުން ބޭލުމަށް ފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.

ތައްޓެއްގައި ކުރިން ފުނޑި ބިސްކޯދު މިކުސް އާއި ދެންމެ އެނދުނުން ބޭލި މިކުސް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ޓްރޭއަކަށް އެޅުމަށްފަހު ޓްރޭގެ ފުލުގައި މިމިކްސް ދޭފަތަކުން ފަތުރާލާށެވެ. އެއަށްފަހު ސެޓް ކުރުމަށް ½1 ގަޑިއިރު ފްރިޖްގައި ބަހައްޓާލާށެވެ.

އެހެން ތައްޓެއްގައި ޑާރކް ޗޮކްލޭޓް އަދި ހެވީކްރީމް ރަނގަޅަށް އެއްކޮށްލާށެވެ. ހެވީކްރީމް އަޅަން ވާނީ ހޫނުކޮށް ހުއްޓައެވެ. ރަނގަޅަށް ޗޮކްލެޓް ކުލަ އަރަންދެން މިކްސް ކޮށްލަންވާނެއެވެ.

އެއަށްފަހު ފްރިޖަށްލީ ޓްރޭ ނެގުމަށްފަހު މި ޗޮކްލޭޓްގަނޑު ފަތުރާފައި ހުރި ބިސްކޯދު މިކުސްގެ މަތީގައި ފަތުރާލާށެވެ. ގާނިޝް ކޮށްލުުމަށް ނަޓްސްތައް މި ޗޮކްލެޓްގަނޑު މަތީގައި ރީތިގޮތަކަށް އަތުރާލާށެވެ.

ދެން އަނެއްކާވެސް ސެޓް ކޮށްލުމަށް ފްރިޖްގައި 3 ގަޑިއިރު ބަހައްޓާލާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!