ޚަބަރު

މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފިތުރު ޒަކާާތް ބަލައިގަންނަން ފަށައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފިތުރުޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

Ads by Hajj Corporation

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކުގައި ރަމަޟާންމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށް ދާނެކަމަށެވެ.

ފިތުރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00އިން ފެށިގެން 13:00އާއި ހަމައަށެވެ.

ރަށްރަށުގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްތަކުންނެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މާލޭގައި އުޅޭ މީހުންގެ ތެރެއިން އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްސަކޮށް މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނެކަމަށެވެ.

އޮންލައިންކޮށް ޒަކާތް ދައްކަން އެދޭނަމަ، ބެންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ދިރާގު، އުރީދޫ އަދި ފަހިޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ.

އަދި މިއަހަރު ގެނެވުނު ބަދަލުތަކާއިއެކު އޮންލައިންކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކުން ބޭނުންވާ ރަށަކަށް ފައިސާ ޖަމާކުރެވޭނެގޮތަށް ވަނީ ހަމަޖެހިފައެވެ.

Ads by Ooredoo
  1. އަލީ ބިން ޔޫސުފް

    ފިތުރު ޒަކާތަކީ ފަހުރޯދަ ދުވަހު އިރު އޮއްސުމުން ފެށިގެން އީދު ނަމާދަށް އިމާމާ ނުކުތުމާ ހަމަޔަށް ނެރުމަށް ވަގުތު ކަޑައެޅިފައި އޮންނަ ގޮވާމުން ދޭންޖެހުން ވާޖިބު އަޅުކަމެކެވެ. ދީނީ ކަންތައް ބޭނުންހާއިރަކު، ބޭނުންހާ ގޮތަކަށް ނުކުރެވޭނެއެވެ. އެއްވެސް އަޅުކަމެއް އޭގައި ދެޝަރުތެއް ހަމަނުވާނަމަ މާތް ﷲ ގަބޫލެއް ނުކުރައްވާނެއެވެ. އެއީ އެފަރާތަށް އިޚްލާސްތެރިވުމާއި ޝަރީއަތުގައި ބަޔާންކޮށްފައިވާ ގޮތަށް އެކަމެއް ކުރުމެވެ.