ޚަބަރު

ދެން ރެސިޕީ | ކްލަބް ސޭންޑްވިޗް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

4 ފޮތި ޕާން

Ads by MWSC

1/3 ސައި ސަމުސާ މުގުރި އަސޭމިރުސް

1/2 ސައި ސަމުސާ ހިމުންކޮށް ކޮށާފައި ހުރި ގިތެޔޮ މިރުސް

1/4 ޖޯޑ ހުންނަހާ ޓޫނާ ތެޔޮފެލާ ފުނޑުވާ ފައި ހުރި

2 ފޮތި ކިޔުކަމްބަރ

1/2 ސައި ސަމުސާ ލުނބޯހުތް

2 ފޮތި ޓޮމާޓޯ

2 ފަތް ލެޓިއުސް

1 ފޮތި ސްޕައިސް ޗީޒް

2 ބިސް ގިރާފައި

2 މޭޒުމަތީ ސަމުސާ ހިމުންކޮށް ކޮށާފައި ހުރި ފިޔާ

ލޮނު ކޮޅެއް

ބަޓަރ ކޮޅެއް

މެޔޮނައިސް

ތައްޔާރުކުރާނެ ގޮތް:

ގިރާފައި ހުރި ބިހުގެތެރެއަށް ލޮނުކޮޅެއް ލައިފައި ބިސްގަނޑެއް އަޅާލާށެވެ.

ފިޔާ ،މިރުސް އަސޭމިރުސް ލޮނު ހުތް އެއްކޮށްފައި ރަނގަޅަށް މިކްސް ކޮށްލާށެވެ. ރަހަ ދޭ ވަރަށް މެޔޮނައިސް ކޮޅެއް އެއް ކޮށްލާށެވެ.

ޕާން ފޮތިތައް ކުޑަކޮށް ޓޯސްޓް ކޮށްލާށެވެ. ޕާން 2 ފޮތީގައި މެޔޮނައިސް ކޮޅެއް ހާކާފައި އަނެއް 2 ފޮތީގައި ބަޓަރ ކޮޅެއް ހާކާލާށެވެ.

ޕާން ފޮއްޗެއްގެ މަތީގައި މަސް ފަތުރާފައި އަނެއް ޕާން ފޮތި ތަތްކޮށްފައި. ތަތްކުރި ޕާން ފޮތި މަތީގައި ބިސްގަނ ޑު ހަތަރެސް ކަން ކޮށްފައި ( ކަފާލާފައި ) ޕާން ފޮތި މަތީގައި ބާއްވާށެވެ. އަނެއް ޕާން ފޮތި ބިސްގަނޑު ލީ ޕާން ފޮތި މަތީގައި ބޭއްވުމަށް ފަހު 2 ފޮތި ކިއުކަމްބަރ އާއި 2 ފޮތި ޓޮމާޓޯ އާއި ލެޓިއުސް އަތުރާލާފައި ޗީޒްފޮތި ލައިފައި އަނެއް ޕާން ފޮތި ބާއްވާލާށެވެ. ދެން ހަތަރު ބަޔަށް ކަފާލާށެވެ.

ސާރވް ކުރާއިރު ޓޫތް ޕިކްއަކުން ޕާން ފޮތިތައް ހަރުކޮށްލާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!