ދެން ރެސިޕީ : މޮންގޯލިއަން ރައިސް

ބޭނުންވާ ތަކެތި:
2 ޖޯޑު ކައްކާފަ ހުރި ބާސްމަތީ ރައިސް
1 ފިޔާ
3 ލޮނުމެދު
2/1 ސައިސަމުސާ ގާނާފަ ހުރި އިނގުރު
ލޮނު
2/1 ސައިސަމުސާ ތެޅިމިރުސް
2/1 ސައިސަމުސާ އަސޭމިރުސް
300ގ ރޯފިލުވާފައި ހުރި ކުކުޅު ( ބޯންލެސް ، ކުދިކޮށް ކޮށާފައި )
1 ޖޯޑު ސްޕްރިންގ އޮނިއަން
3 ބިސް
2/1 ޖޯޑު ރަތް އަދި ފެހި ކެޕްސިކަމް
1 ޖޯޑު ކެބެޖް
1 ޖޯޑޫ ކޯން
1 މޭޒުމަތީސަމުސާ އޮއިސްޓަރ ސޯސް
3 މޭޒުމަތީ ސަމުސާ ސޯޔާސޯސް
3 މޭޒުމަތީ ސަމުސާ ތެޔޮ
ތައްޔާރުކުރާނެ ގޮތް:
އުނދުންމައްޗަށް ތަވައެއް އުދާލުމަށްފަހު ތެޔޮފޮދު އަޅާ ހޫނުވުމުން އިނގުރު، ލޮނުމެދު އަދި ފިޔާކޮޅުއަޅާ މީރުކޮށްލާށެވެ. ދެން ކެޕްސިކަމް، ކުކުޅު އެޅުމަށްފަހު 3 މިނެޓް ވަންދެން ކައްކާލާށެވެ. ތަވާގައި ހުރި އެތިކޮޅު ތަވައިގެ އެއްކައިރިއަށް ޖައްސާލުމަށްފަހު ބިސް ކޮޅުއަޅާ ރޯފިލުވާލާށެވެ. އެއަށްފަހު ކެބެޖް، ސްޕްރިންގ އޮނިއަން، ކޯން ކޮޅު، ތެޅިމިރުސް، އަސޭމިރުސް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން ސޯސްތަކާއި ލޮނު އަޅާލުމަށްފަހު ބަތް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.