ޚަބަރު ސިޔާސީ ރައީސް ނަޝީދުގެ ފެކްޝަން، މަވޯޓާ ސިފަ ކުރެއްވީ ކެންސަރު ބަލީގެ ގޮތުގައި ފަތޯނާ ފާއިޒު ، ދެން އޮންލައިން March 26, 2023 - 11:32 am އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަކީ "ކެންސަރު" ބަލީގެ ގޮތުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު(މަވޯޓާ) ސިފަ ކުރައްވައިފިއެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމަކީ ފަރުވާއެއް ނެތް ނުރައްކާތެރި ކެންސަރެއް ކަމަށާއި، އެމަނިކުފާނު މިހާރު ކުރައްވަމުންދާކަމަކީ ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީގެ ބަދަލު ހިއްޕަވައި އެމްޑީޕީއަށް ގެއްލުން ދިނުމުގެ މަސައްކަތެއްކަމަށެވެ. ރައީސް ނަޝީދަކީ ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށް އެންމެބޮޑަށް މަސައްކަތްކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭކަމަށް އަމިއްލަފުޅަށް ދަޢުވާކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވައި މަވޯޓާ ވިދާޅުވެފައިވަނީ ޑިމޮކްރަސީއަށް މަސައްކަތްކުރާ އެއްވެސް މީހަކު މިގޮތަށް ޢަމަލުކުރާތަން ދުނިޔޭގެ އެއްވެސް ތަނަކުން ނުފެންނާނެކަމަށެވެ. އަދި އަމިއްލަ ޕާޓީތެރޭގައި ވަކި ފެކްޝަނެއް ހަދައިގެން މިހެން މަސައްކަތް ކުރާ މަންޒަރު ފެންނަނީ ދުނިޔޭގެ ކޮން ޤައުމަކުންތޯ، އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ރައީީސް އިބްރާހީމް މުޚައްމަދު ޞާލިޙާ ވާދަކުރައްވައި، ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހުގައި، ރައީީސް ނަޝީދުގެ ފެކްޝަނުން ދަނީ "ފިކުރެއްގެ ދިރުން" ހިންގަމުންނެވެ. އެ ފެކްޝަނުގެ ފަރާތުން ރިޔާސީ އިންތިޚާާބާ ގުޅޭ މަޝްވަރާތައް، ޖޭޕީއާއެކު ކޮށްފައިވާއިރު، ދެ ބައިމީހުން ގުޅިގެން، މެނިފެސްޓޯއެއް އެކުލަވައިލަންވެސް ވަނީ ނިންމައިފައެވެ. Ads by STELCO Ads by Ooredoo ކިޔުންތެރިންގެ ހިޔާލު 3 ބީތާ 2 years ago ﷲ އިރާދަކުރެއްވިއްޔާ ތިޔަ ބުނާ ފިކުރުގެ ދިރުން ކަމަށް ބުނާ ދިރުން ބަދަލު ވެގެންދާނީ ތިޔަ ބުނާ ފިކުރުގެ ނިމުމަށް ކަމުގައި ލައްވާނެ. ދިވެހި މުސްކުޅިން 2 years ago ރައީސް ނަޝީދުގެ ނޯކޮންފިޑެންސް ނަގައި މަޖިލީހުން ބޭރުކުރޭ ފަހުބަސް 2 years ago ށަރީފަށް ވާނީ އެހެން ކާންއޮތް މޭވާގަނޑު ގެއްލެން ދިމާވެ ކޮތަޅު އިބްރާހީމްގެ ވެރިކަން ނިމުމުގެ ސިއްކަ ޖެހިގެންދާތަން އެބަފެނޭ
ﷲ އިރާދަކުރެއްވިއްޔާ ތިޔަ ބުނާ ފިކުރުގެ ދިރުން ކަމަށް ބުނާ ދިރުން ބަދަލު ވެގެންދާނީ ތިޔަ ބުނާ ފިކުރުގެ ނިމުމަށް ކަމުގައި ލައްވާނެ.
ރައީސް ނަޝީދުގެ ނޯކޮންފިޑެންސް ނަގައި މަޖިލީހުން ބޭރުކުރޭ
ށަރީފަށް ވާނީ އެހެން ކާންއޮތް މޭވާގަނޑު ގެއްލެން ދިމާވެ ކޮތަޅު އިބްރާހީމްގެ ވެރިކަން ނިމުމުގެ ސިއްކަ ޖެހިގެންދާތަން އެބަފެނޭ