ޚަބަރު

އެސްޓީއޯގެ އެމްޑީ، އަމްރު މަޤާމުން ވަކިކުރަން ރައީސް އަންގަވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފޮޓޯ ސަން

އެސްޓީއޯގައި ހުސައިން އަމްރު އަދާކުރައްވަމުން ގެންދެވި މަގާމުތަކުން ވަކިކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ރައީސް އޮފީހުން ފޮނުވައިފިއެވެ.

Ads by MWSC

އަމްރު މަޤާމުން ވަކިކުރަން ނިންމާފައިވާއިރު، ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ކެމްޕޭނުގެ ތެރެއިން ފެށިގެން އަމްރު ގެންދަވަނީ، އެމްޑީޕީގައި މިހާރު އުފެދިފައިވާ ފެކްޝަންގެ ތެރެއިން މުހައްމަދު ނަޝީދުގެ ފަޅީގައި އިސްކޮށް މަސައްކަތް ކުރައްވަމުންނެވެ. ރައީސް ނަޝީދުގެ ފަރާތްޕުޅުން ޖޭޕީގެ ރިޔާސީ ކޮމެޓީއާއި ދާދި ފަހުން ބައްދަލުކޮށްފައިވާއިރު ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަޑައިގެންނެވި ދެ ބޭފުޅުންގެ ތެރޭގައި އެމްޑީ އަމްރު ހިމެނެއެވެ.

އަމްރު މަޤާމުން ވަކިކުރަން ނިންމާފައިވާއިރު، ރޭ ޕީއެސްއެމްއިން ދައްކަން ތާވަލް ކުރި އަމްރުގެ ޕްރޮގްރާމްވެސް ނުދެއްކުމަށް ރައީސް އޮފީހުން އެންގި ކަމަށް ތުހުމަތު ކުރެއެވެ.

އެސްޓީއޯގެ ބޯޑު ޑިރެކްޓަރު ކަމުންނާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯ ކަމުން އަމްރު ވަކިކުރުމަށް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބެއެެވެ.

  1. ހުސޭނުބެ

    ކާންދޭ އަތް ނޭގުނީމާ ވާންވީ ތިހެން! ދެން ބަލާނަން ރިސޯޓްތަކަށް ގޮސް ހިނދުކޮޅު ގެނެވޭތޯ!

  2. ބަނޑުއަޅާލައިފިއޭ

    އަމްރު ބަދަލުގައި ދެން ތިޔާ މަގާމް ދޭން ޖެހޭނީ އެމްޑީއޭގެ އިސްމީހަކަށޭ އެއްގޮތަކަށް ވެސް ދެން ތިޔާ މަގާމް އެމްޑީޕީ މީހަކަށް ދީގެން ނުވާނެއޭ ސަބަބަކީ މިހާރު ވެސް ސަރުކާރުން އެމްޑީއޭގެ ރައީސް ސަަން ސިޔާމް ފަކީރު ދަވާލަން ވެގެން ދުވާލަކު 1 މިލިއަން ރުފިޔާ އެބަ ދަވާލައޭ ސަރުކާރުގެ ކެމްޕެއިނަށް ނަމުގައި ސަން ސިޔާމް ފަކީރު މުވައްޒަފުންނަށް ދޭން ހުރި ރޯދަ އިނާޔަތް ކޮޅުވެސް މިސަރުކާރުން ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ

  3. އަޙްމަދު

    މިހެންވީމަ އަހަރުމެން ނަޝީދުފަހަތުން ނުދިޔައީ. ހުރިހާކަމެއް ހަލަބޮލިކޮށްފަ ކުރިންވެސް އޭނާހުރީ އިގިރޭސި ޕާސްޕޯޓް ހިފައިގެން މުޅިއާއިލާ އެކީ އެމީހުންގެ ހިމާޔަތުގަ. ވަޒީފާ ނެތި މަގުމަތީ ގަނަތެޅުނީ އަހަރުމެން. ޢަމްރުއަށް މިވަރު ނުވިސްނުނީ ކީއްވެބާ. ވަގުތުފާއިތު ނުވަނިސް ޝިއްޕެއަށް ވިސްނިއްޖިއްޔަ ރަނގަޅު.