ޚަބަރު ސިޔާސީ

އެސްއޯއީ ތަކުގެ ބޯޑުތަކަށް މީހުން އައްޔަނުކޮށް ވަކިކުރުމަށް ރައީސް އޮފީހުން އަންގާ އެންގުންތަކަކީ ގާނޫނާ ހިލާފު އެންގުންތަކެއް: އުޝާމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ ސަން

ސްޓޭޓް އޯންޑް އެންޓަރޕްރައިޒެސް (އެސްއޯއީ) ތަކުގެ ބޯޑުތަކަށް މީހުން އައްޔަނުކޮށް ވަކިކުރުމަށް ރައީސް އޮފީހުން އަންގާ އެންގުންތަކަކީ ގާނޫނާ ހިލާފު އެންގުންތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އުޝާމް މިހެން ވިދާޅުވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން އަމްރު މަގާމުން ވަކިކުރުމަށް ރައީސް އޮފީހުން ޕީސީބީ އަށް ފޮނުވުމާއިގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

"އެސްއޯއީ ތަކުގެ ބޯޑަށް މީހުން އައްޔަނުކުރުމާއި ވަކިކުރުމަކީ ރައީސްއަށް އޮންނަ ބާރެއްނޫން. ގާނޫނުން އެބާރު ލިބިދީފައިވަނީ ޕީސީބީއަށް. އެސްއޯއީތަކުގެ ބޯޑުތަކަށް މީހުން އައްޔަންކޮށް ވަކިކުރުމަށް ރައީސް އޮފީހުން އަންގާ އެންގުންތަކަކީ ޕްރައިވެޓައިޒޭޝަން ގާނޫނާ ހިލާފަށް ސަރުކާރުން ކުރަމުންދާކަމެއް" އުޝާމް ވިދާޅުވިއެވެ.

އެސްޓީއޯގެ އެމްޑީގެ މަގާމުން އަމްރު ވަކިކުރުމާއެކު ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި އަމްރުގެ ހިނގުންތެރިކަމުގެ ދަށުން އެސްޓީއޯއަށް ގިނަ ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް އިދިކޮޅުފަރާތްތަކުން ދަނީ ބުނަމުންނެވެ. އަމްރު މަގާމުން ވަކި ކުރި ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!