ވިނަރެސް ފްލެޓްގެ ދާއިމީ ލިސްޓުގައި ޕޮއިންޓް އެއްވަރުވި މީހުންގެ ގުރު ނެގުން ބުދަދުވަހު

ވިނަރެސް ފްލެޓްގެ ދާއިމީ ލިސްޓުގައި، ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާ ފަރާތްތަކުގެ ތަރުތީބު ކަނޑައެޅުމަށް ނަގާ ގުރުއަތުލުން ބުދަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ.
އެޗްޑީސީން މިއަދު ވިދާޅުވީ ޕޮއިންޓްގެ ގޮތުން އެއްވަރުވި ފަރާތްތައް ތަރުތީބުކުރުމަށް ނަގާ ގުރުއަތަށްފަހު، ބުކިންގ ފީ ނެގުމާއި "ވިނަރެސް" އެޕަރޓްމަންޓް އިޚްޔާރުކުރުމުގެ ފުރުޞަތު ދޭނެކަމަށެވެ. މި ފުރުޞަތު ދޭނީ ލިސްޓު ތަރުތީބުކޮށް ޝާއިއުކުރާ ލިސްޓާ އެއްގޮތައް ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
އަދި ބުދަ ދުވަހު ގުރުއަތުނެގުން ކުރިއަށްދާ ވަގުތުގައި އެޗްޑީސީގެ ރަސްމީ "ފޭސްބުކް ޕޭޖް"އިން ލައިވްކޮށް ދައްކާނެ ކަމަށާއި ގުރުއަތުނެގުން ކުރިއަށްދާގޮތް އޮބްޒާވްކުރުމުގެ ފުރުޞަތުު، ފްލެޓް ލިބޭ 2 ކެޓަގަރީއިން މަދުވެގެން 5މީހުންނަށް ދޭނެ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
މިކައިމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް އެޗްޑީސީގެ ހޮޓްލައިން 1516އަށް ގުުޅުމަށް ވަނީ އެދިފައެވެ.