ފ. ނިލަންދޫ އިން 2 މީހަކު ކޮވިޑް19 އަށް ފައްސިވެއްޖެ

ފ. ނިލަންދޫ އިން 2 މީހަކު ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.
އޮންލައިން ނޫހެއް ކަމަށްވާ 'ވަގުތު' ގައި ބުނެފައިވާ ގޮތުގައި ފައްސި ވެފައިވަނީ އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހުންނެވެ. މި ދެމީހުން ފައްސިވެފައިވާ ކަން އެޗްއީއޯސީން ވަނީ "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ.
އެރަށުން ފައްސި ވެފައިވަނީ އަންހެނަކާއި ފިރިހެނެކެވެ. އަދި މި ދެމީހުން ފައްސިވެފައިވާ ކަން އެނގިފައިވަނީ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ހެދި ޓެސްޓުންނެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުތަކަށް އެޅި ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު، މި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.
އަދި ރަށް ރަށަށް ހޯމް ކަރަންޓީނަށް ދާ މީހުން ފައްސިވާ މިންވަރު ވެސް އަންނަނީ އިތުރުވަމުންނެވެ.
އެގޮތުން މާލޭގެ އިތުރުން 13 ރަށެއްގައި ކޮވިޑް19 ގެ އެކްޓިވް ކޭސްތައް އެބަހުރި ކަމަށް އެޗްޕީއޭ އިން ހާމަކޮށްފައިވެއެވެ.