ޚަބަރު ސަރުކާރު

ރުމޭލާ ފޮނުވައިލީ އޭގެ މަސައްކަތް ނިމުމުން، ބްރިޖުގެ މަސައްކަތެއް ނުހުއްޓޭނެ: ސަރުކާރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދަނީ

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ގެނައި ބޮޑު ބޯޓު، ރުމޭލާ ފޮނުވައިލީ އޭގެ މަސައްކަތްތައް މިވަގުތަށް ނިމުމުންކަމަށް ސަރުކާރުން ބުނެފި އެވެ.

Ads by MWSC

މާލެ، ވިލިމާލެ ތިލަފުށި އަދި ގުޅީފަޅު ގުޅުވައިލުމަށް އަޅާ ބްރިޖުގެ މަސައްކަތަށް ސަރުކާރުން ވަނީ ހާއްސަ އޮފީހެއް ހަދައިފަ އެވެ. އެ އޮފީހުގައި އިސްކޮށް މަސައްކަތް ކުރައްވަނީ ޕްލޭނިންގް މިނިސްޓްރީގެ ބޭފުޅުންނެވެ.

އެގޮތުން ބްރިޖު ޕްރޮޖެކްޓުގެ މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ ރުމޭލާ މިދިޔަ އާދިއްތަ ދުވަހު ފޮނުވާލީ މި ވަގުތަށް އެބޯޓުން ކުރަންޖެހޭ މަސައްކަތެއް ނެތުމުން ކަމަށެވެ. އެ ބޯޓު ފޮނުވައިލި ނަމަވެސް ބްރިޖުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާނެކަމަށާއި ވަސީލަތްތައް އެބަހުރިކަމަށް ޖިނާން ވިދާޅުވި އެވެ.

"ބްރިޖު ހެދުމަށް ބޭނުންވާ ވަސީލަތްތައް އެބަހުރި ރާއްޖޭގައި. ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށްދޭ އެބަ،" ޖިނާން ވިދާޅުވި އެވެ.

ބްރިޖު އެޅުމަށް އެފްކޮން ކުންފުނިން މިދިޔަ އަހަރު ގެނައި ރުމޭލާ ފޮނުވައިލީ އެއަށް ފައިސާ ނުދައްކައިގެންކަމަށް އަޑު ފެތުރުނެވެ. މިކަމަށް ބްރިޖު އޮފީހުން އެޑްރެސްކޮށްފައި ނުވިނަމަވެސް ނުސީދާކޮށް މިކަން ޖިނާން ވަނީ ދޮގުކޮށްފަ އެވެ.

ޕްލޭނިންގް މިނިސްޓްރީން ލަފާ ކުރާގޮތުގައި މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ބްރިޖުގެ އެއް ބައި ނިންމައިލެވޭނެ އެވެ. އެއީ މާލެއާއި ވިލިމާލެއާއި ގުޅުވައިލާ ބައެވެ. ބްރިޖު އެއްކޮށް ނިންމައިލެވޭނެ ސީދާ ތާރީހެއް ސަރުކާރުން ދީފައި ނުވިނަމަވެސް އަންނަ އަހަރުގެ ތެރޭގައި މަސައްކަތްތައް ނިންމައިލެވޭނެކަމަށް ސަރުކާރުން ބުނެ އެވެ.

ތިލަމާލެ ބްރިޖު އެޅުމަށް ހަރަދު ވަނީ 500 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 400 މިލިއަން ޑޮލަރަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ދަރަންޏެވެ. އަނެއް 100 މިލިއަން ޑޮލަރަކީ އިންޑިއާގެ ހިލޭ އެހީ އެވެ.

Ads by HDC
  1. މޫސާ ބެ

    މިސަރުކާރުން އޮޅިގެންވެސް ތެދެއްނަހަދާނެ