ޚަބަރު ސިޔާސީ

ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހު ދާނީ 3 ވަނަ އަށް: އާދަމް ޝަރީފު

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ލިބިވަޑައިގަންނަވާނީ 3 ވަނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އާދަމް ޝަރީފު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެއްވަނަ ލިބޭނީ ރައީސް ޔާމީނަށް ކަމަށާއި 2 ވަނަ ލިބޭނީ ގާސިމް އިބްރާހިމަށްކަމަށެވެ.

"ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ދާނީ 3 ވަނަ އަށް. 1 ވަނަ ރައީސް ޔާމީން އަދި 2 ވަނަ ގާސިމް އިބްރާހިމް. ސަރުކާރުގައި ތިބި ބައެއް މީހުން ވަކިކުރާއިރު އެމީހުންނާއެކު ސަރުކާރާ ފެއަށް ޖެހޭމީހުން ކުރިމަގުގައި ގިނަ ވާނެ، މިހާރު އިބްރާހިމް މުހައްމަދު ޞާލިހު ގާތުގައި ތިބި ވެރިންނާއި މެމްބަރުން ޖުމްހޫރީ ޕާޓީ އާއި އަދި ޕީޕީއެމާއި ގުޅޭނެ" އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.

އަންނަ ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކުން ފޯރިއާއެކު ކެމްޕޭން ކުރަމުން އަންނަ އިރު ސަރުކާރު ހިންގާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތައް ބޮޑުވެ ޕާޓީ ވަނީ ބައިބައިވެފައެވެ. އަދި މިސަރުކާރު ވެރިކަމަށް ގެނައުމުގައި އިސް ދައުރެއް އަދާކުރި ޖުމްހޫރީ ޕާޓީންވެސް ނިންމާފައިވަނީ އަންނަ އިންތިހާބުގައި ވަކިން ވާދަކުރުމަށެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!