ފ.ނިލަންދޫ އަށް އަރާފޭބުން މަނާ ކޮށްފި

ފ.ނިލަންދޫގައި ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު ފައްސިވުމާ ގުޅިގެން އެ ރަށް މޮނިޓަރިންގ އަށް ލައިފިއެވެ. އެހެން އެރަށަށް އަރާ ފޭބުން މިހާރު ވަނީ މަނާކޮށްފައެވެ.
އެރަށް މޮނިޓަރިންގެ ހާލަތަށް ލާފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ވަނީ އެރަށު ކައުންސިލަށް އަންގާފައެވެ.
އެރަށުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އަންހެނަކާއި ފިރިހެނެކެވެ. މި ދެމީހުންވެސް ހޯމް ކަރަންޓީން ނިމުމުން އިއްޔެ ވަނީ ކޮވިޑް-19 އަށް ޓެސްޓުކޮށްފައެވެ. އަދި އެ ޓެސްޓުގެ ނަތީޖާ ލިބިފައިވަނީ މިއަދު ހަވީރު އެވެ.
އެރަށް މޮނިޓަރިންގެ ހާލަތަށް ލާފައިވާއިރު އެ ރަށުން ފައްސިވި ދެމީހުންގެ ކޮންޓެކްޓް ޓްރޭސިންގ ދަނީ ކުރިއަށެވެ.