ރެސިޕީ

ދެން ރެސިޕީ | ލާވާ ކޭކު

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާތަކެތި:

4 މެޒުމަތީ ސަމުސާ ބަޓަރު

Ads by Sosun Fihaara

150ގ ކުކިން ޗޮކުލެޓް

4/1 1 ޖޯޑު ހަކުރު މުގުރާލާފަ

2 ބިސް

3 ބިހުގެ ގޮބޮޅި

1 ސައިސަމުސާ ވެނީލާ އެސެންސް

2/1 ޖޯޑު ފުށް

ތައްޔާރުކުރާނެ ގޮތް:

ބަޓަރު، އަދި ޗޮކުލެޓް ދިޔާ ކޮއްލާށެވެ. ދިޔާކޮށްލުމަށްފަހު ހަކުރު އަޅާ ރަނގަޅަށް އެއްކޮލާށެވެ. އެއައްފަހު ބިސް، ބިހުގެ ގޮބޮޅި އަދި ވެނީލާ އެސެންސް އަޅާ، ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލުމަށް ފަހު ފުށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ކުދި ދަގަނޑު މަފިން ކަޕުތަށް ނޮން-ސްޓިކް ސުޕުރޭއިން ސުޕުރޭ ކޮށްލުމަށްފަހު ކަޕް ތަކަށް އެޅުމަށް ފަހު 220 ޑިގްރީ ގައި 13 މިނެޓް ފިހެލާށެވެ.

ނޯޓް: ނޮން-ސްޓިކް ސުޕުރޭ ނެތްނަމަ ބަޓަރު އުނގުޅާލުމަށް ފަހު ފުށްކޮޅެއް އުނގުޅާލެވިދާނެއެވެ. މަފިން ކަޕް ނުގެންގުޅޭނަމަ ޓުރޭވެސް ބޭނުން ކުރެވިދާނެއެވެ. ޓުރޭ ބޭނުން ކުރައްވާ ނަމަ އެންމެ ކުދި ސައިޒުގެ ޓުރޭ ބޭނުން ކުރައްވާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!