އަރުތަ ޕްރޮގްރާމް ރަސްމީކޮށް ލޯންޗުކޮށްފި

ސަރުކާރުން ފެށި "އަރުތަ" ޕްރޮގްރާމް ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
އަރުތަ ޕްރޮގްރާމް ރަސްމީކޮށް ލޯންޗުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ. އެ މި ހަފުލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ފުޓްބޯޅަ ނޫސްވެރިޔާ، އިޓަލީގެ ފަބްރީޒިއޯ ރޮމާނޯއެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ޔޫތް މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވީ އަރުތަ ޖިމް ހިންގުން ބީބީއެމްއާ ހަވާލުކުރީ އެ އެސޯސިއޭޝަނުގެ ފަރާތުން ސެޓިފައިޑް ކޯޗުންނާއި ކަމާގުޅޭ ސްޕެޝަލިސްޓުންގެ އެހީތެރިކަމާއެކުގައި ގައުމީ ޓީމުތަކުގެ އެތުލީޓުންގެ ތަމްރީނު ޕްރޮގްރާމުތައް ކުރިއަށް ގެންދިޔުމަށްޓަކައި ކަމަށެވެ.
އަރުތަ ޕްރޮގްރާމަކީ އެކި ކުޅިވަރުތަކުގެ ރާއްޖޭގެ ކުޅުންތެރިންނަށް ރާއްޖެއިން ބޭރުގައި ތަމްރީން ހަދައި އެ ކުޅިވަރުގައި ކުރިއަށްދިޔުމަށް ފުރުސަތުތައް ފަހިކޮށްދޭ ޕްރޮގްރާމެކެވެ.