ޕީޕީއެމުން މިރޭ ދަރުހެއް ބާއްވަނީ

ރޯދަ މަހުގެ ރޭތައް އިހުޔާކުރުމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޕީޕީއެމުން މިރޭ ދަރުހެއް ބާއްވަން ނިންމައިފިއެެވެ.
ޕީޕީއެމުން ވިދާޅުވީ ރަމަޟާން މަހުގެ ރޭތައް އިހްޔާކޮށް ދިރުވުމުގެ ގޮތުން ބާއްވާ ޖަލްސާގެ މައުޟޫއު އަކީ "ރަމަޟާން މަހަކީ ކާމިޔާބީގެ މައްސަރެވެ."ކަމަށެވެ.
މި ދަރުސް ދެއްވާނީ ޝެއިހް އިބްރާހީމް އަހުމަދެވެ.
ޕީޕީއެމްއިން ބުނީ އިހުޔާ ޖަލްސާތައް އޮންނާނީ ކޮންމެ ހަފްތާއަކު އެއް ދުވަހު ކަމަށެވެ. އިހްޔާގެ މި ޖަލްސާތަކަކީ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ބާއްވާ ޖަލްސާތަކެވެ.

Ads by HDC