ޚަބަރު

އަހަންނަކީ ކެނެރީގޭ މުހައްމަދު ނަޝީދު: އެލެކްސް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޓްވިޓާ އެކައުންޓު ކަމަށްވާ 'އެލެކްސް ނަޝީދު' އަކީ ހަމަ ރައީސް ނަޝީދު ކަމަށް އެ އެކައުންޓުން ކުރި ޓްވީޓަކުން ބުނެފިއެވެ.

Ads by Sosun Fihaara

މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލަ އާ ގުޅިގެން އެލެކްސް ކުރެއްވި ޓުވީޓަކު މީހަކު ރީޓުވީޓުކޮށް، ވެރިފައި ކޮށްފައި އިން ރައީސް ނަޝީދުގެ އެކައުންޓުން އެ އެއްޗެހި ކިޔުމަށް ބުނުމުން އެލެކްސް ވަނީ އެކަމަށް ރައްދު ދީފައެވެ.

"ދެން ކިތައް ފަހަރު ބުނެފިން މީ އަޅުގަނޑު ކެނެރީގޭ ނަޝީދޭ" އެ ޓްވީޓަށް ރައްދުދީ އެލެކްސް ކޮށްފައިވާ ޓްވީޓުގައި ބުނެފައިވެއެވެ.

އަދި އެ އެކައުންޓަކީ ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓު ކަމުގައި ވެސް އެލެކްސް ގެ ޓުވީޓުގައި ބުނެފައިވެއެވެ.

މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގައި އެންމެ އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މައްސަލަ މަޖިލިހަށް ވެއްދުމަށް އެމްޑީޕީގެ ތިރީހަކަށް މެމްބަރުން ވަނީ ސޮއިކުރައްވައިފައެވެ. އެ މައްސަލައިގައި އެންމެ ފުރަތަމަ ސޮއި ކުރެއްވީ ވެސް ރައީސް ނަޝީދެވެ.

Ads by Allied Insurance
  1. މަދީޙާ

    ޥެރިކަމާހެދި ހަލާކުވާ އިންސާނެއް.

  2. ސަރީފް

    އެލެކްސް ވެގެން ކުރާނެކަމެއްނެއް އިބޫ މާރަގަޅު

  3. ކިނބޫ

    ކެނެރީގޭ މުހައްމަދު ނަޝީދަކީ ކާކު؟ ނުދަންނަމު. …ބޯ ދަންނަން. އެއީ އެކަކުތަ؟

  4. މުހައްމަދު

    އެބައުޅޭ މިބައުޅޭ

  5. އެއްމެ ހެއްވާ

    ދެއުޅި