ޚަބަރު

އިތުރު 90 މީހަކު ކޮވިޑުން ރަނގަޅުވެ، ބަލިން ފަސޭހަވި މީހުންގެ އަދަދު 3،000 އަށް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 90 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 90 މީހަކު މިއަދު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމްލަ 3010 އަށް އަރާފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ މިއަދު އިތުރު 78 މީހުން ކޮވިޑަށް ފައްސިވި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 46 ދިވެހިންނާއި، ބަންގްލަދޭޝްގެ 25 މީހަކާއި، އިންޑިއާގެ ހަތަރު މީހެއްގެ އިތުރުން ނޭޕާލްގެ މީހަކާއި ސްރީލަންކާގެ ދެ މީހެއް ކަމަށެވެ.

މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 5،572 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2540 މީހުންނަށެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 22 މީހަކު ވަނީ ނިޔާވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!