ރެސިޕީ

ދެން ރެސިޕީ | ޕާސްތާ ބޮލޮގޮނީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

Ads by Sosun Fihaara

4 ސަމްސާ ތެޔޮ

1 ފިޔާ ކުދިކޮށް ކޮށާފަ

4 ލޮނުމެދު ޗިސްކޮށްފަ

1 ކިލޯ ބީފް ކުދިކޮށް ކޮށާފަ

1 ދަޅު ޓޮމާޓޯ

1 ދަޅު ޕީލްޑް ޓޮމާޓޯ

3/1 ޖޯޑު ފެން

250 ގ ޕާސްތާ

2 މޭޒުމަތީ ސަމުސާ ފުށް

2 ސަމުސާ ތެޔޮ

500 މލ ކިރު

200ގ އަދި 75ގ ޗެޑާރ ޗީޒް

200ގ އަދި 75ގ މޮޒޮރެއްލާ

ލޮނު

އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ޕާސްތާ ތައްޔާރުކޮށްލުމަށް ތަވާއަށް ތެޔޮ، ލޮނު، އަސޭމިރުސް އެޅުމަށްފަހު އޭގެތެރެއަށް ފުށްކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ކިރުކޮޅު އަޅާ އެއްކޮށްލުމަށްފަހު 200 ގ ގެ ޗެޑާއާއި މޮޒޮރެއްލާ އަޅާ އެއްކޮށްލާށެވެ. ޗީޒްތަށް އެއްކޮށް ވިރުމުން އޭގެ ތެރެއަށް ޕާސްތާކޮޅު އަޅާ އެއްކޮށް މަޑުވުމުން އުނދުން މަތިން ބާލާށެވެ.

އެއަށްފަހު އެހެން ތަވާއެއްގައި ބޮލޮގޮނައިޒް ތައްޔާރުކޮށްލުމަށް ތެޔޮ ކޮޅު އަޅާ ހޫނުވުމުން ފިޔާ، ލޮނުމެދު އަޅާ ފިޔާކޮޅު ރަތް ވަންދެން ކައްކާލާށެވެ. އެއަށްފަހު ބީފްކޮޅު އަޅާއެއްކޮށް ރޯފިލުމުން ލޮނު، ޓޮމާޓޯ އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ފެން އަދި ޕީލްޑް ޓޮމާޓޯ އަޅާ އެއްކޮށްލާށެވެ. އެއްކޮށް ކެކިގަތުމުން ބާކީ ހުރި 75 ގ ގެ މޮޒޮރެއްލާ ކޮޅު ތައްޔާރުކުރެވުނު ބޮލޮގޮނައިޒް މައްޗަށް އަޅާ އެއްކޮށް ވިރުމުން ކުރިން ތައްޔާރު ކުރި ޕާސްތާ ކޮޅު އޭގެ މައްޗަށް އަޅާށެވެ. އަދި އެއަށްފަހު ބަކީހުރި ޗެޑާ ޗީޒްތަށް މައްޗަށް އެޅުމަށްފަހު 15 މިނެޓް ވަންދެން 220 ސެލްސިއަސްގައި އަވަނުންގައި ފިހެލުމުން ޕާސްތާ ބޮލޮގޮނައިޒް ތައްޔާރުކުރެވުނީ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!