ޚަބަރު ސަރުކާރު

ރާއްޖެއާއި ޗައިނާއާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރާއްޖެ އާއި ޗައިނާއާއި ދެމެދު މުހިންމު  އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

Ads by STELCO

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއާއި ޗައިނާއާއި އެކު ސޮއިކޮށްފައިވާކަމަށެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) ގެ ވައިސް ޗެއަރމަން ޑެން ބޯކިން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޗައިނާއާއެކު ރާއްޖެއިން ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ރާއްޖެއާއި ޗައިނާއާއި ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމަކާއި ރާއްޖޭގައި 4 ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމަކާއި މިއުޒިއަމް މަރާމާތު ކުރުމުގެ އެއްބަސްވުމެއްގެ އިތުރުން ބުރިޖް މަރާމާތު ކުރުމުގެ އެއްބަސްވުމެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއިން ޗައިނާއާއެކު މުހިންމު ގިނަ މަޝްރޫއުތަކެއް ވަނީ ހިންގައިފައެވެ.

އަދި ރާއްޖެއާއި ޗައިނާއާ ދެމެދު ގުޅުން ބަދަހި ކުރުމުގެ ގިނަ މަޝްރޫއުތަކެއް ވަނީ ހިނގާފައިކަން ފާހަގަކޮށްލެވެއެވެ. ޗައިނާއިން ރާއްޖޭގައި ހިނގައިފައިވާ އެންމެ ބޮޑު އެއް މަޝްރޫއަކީ ސިނަމާލެ ބުރިޖު ޕްރޮޖެކްޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!