ޚަބަރު އިޖުތިމާޢީ

ބުރިޖް މަތީ ކާރަކާއި ބަހެއް ޖެހި އެކްސިޑެންޓެއް ހިނގައި، ޓްރެފިކް ބާރުބޮޑުވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސިނަމާލޭ ބުރިޖް މަތީ ކާރަކާއި އާރުޓީއެލް ބަހެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

Ads by STELCO

މިއެކްސިޑެންޓްގެ ސަބަބުން ބުރިޖްމަތީގެ ޓްރެފިކް ފުލޯއަށްވަނީ ވަރަށް ބޮޑަށް ދަތިވެ ބުލޮކްވެފައެވެ. ދައުރުވަމުން އަންނަ ވިޑީއޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވެފައިވަނީ ކަޅުކުލައިގެ ކާރަކާއި އެމްޓީސީސީ އާރުޓީއެލް ބަހެކެވެ. އަދި ކާރު ޖެހިފައިވަނީ ބަހުގެ ކުރިމަތީގައެވެ. ބަހުގައި ޖެހުމުގެ ސަބަބުން ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވީ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ. އަދި ރޭ ހުޅުމާލެ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން 59 އަހަރުގެ މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެމީހާގެ ހާލު ސީރިއަސް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!