ރެސިޕީ

ދެން ރެސިޕީ | ލެމަން ޕައި

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

Ads by Sosun Fihaara

1 ދަޅު ގެރިކިރު

3 ބިހުގެ ގޮބޮޅި

2 މޭޒުމަތީ ސަމުސާ ގާނާފަ ހުރި ލެމޮންގެ ތޮށި

2/1 ޖޯޑު ލެމޮން ޖޫސް

1 ޖޯޑު ވިޕިން ކުރީމް

3 މޭޒުމަތީ ސަމުސާ ހަކުރު

12 މޭޒުމަތީ ސަމުސާ ބަޓަރު

3 ޖޯޑު ފުށް

1 މޭޒުމަތީ ސަމުސާ ލޮނު

1 މޭޒުމަތީ ސަމުސާ ހަކުރު

3/1 މާޖިރިން ނުވަތަ ވެޖެޓަބަލް ޝޯޓެނިން

6 މޭޒުމަތީ ސަމުސާ ފިނިކުރި ފެން

ތައްޔާރުކުރާނެ ގޮތް: 

ޕައި ފުށްގަނޑު ހެދުމަށް ބަޓަރު، ފުށް، ލޮނު، ހަކުރު، މާޖިރީން އަދި ފެން އަޅައި އެއްކޮށްލުމަށްފަހު އައިސްއަލަމާރީގައި 30 މިނެޓް ވަންދެން ބަހައްޓާށެވެ. އެއަށް ފަހު ޕައި ފުށްގަނޑު އަލަމާރީން ނެގުމަށް ފަހު ބޭކިން ޓުރޭގައި ފަތުރާލާށެވެ. ހުރިހާ ފަރާތެއްވެސް ރަނގަޅަށް ފޮރުވޭވަރަށް ފުށްގަނޑު އަޅާލަންވާނެއެވެ. ގެރިކިރު، ހަކުރު، ބިހުގެ ގޮބޮޅި، ގާނާފަ ހުރި ލެމޮން ތޮށި އަދި ލެމޮން ޖޫސް މެޝިނުގައި ގިރާލާށެވެ. ރަނގަޅަށް ގިރާލެވުމުން ޕައި ޓުރޭގެ ތެރެއަށް އަޅުއްވާ 350 ޑިގްރީ ސެލްސިއަސް ގައި 15 މިނެޓް ވަން ފިހެލާށެވެ. ފިހެވުމުން އަވަނުން ނަގާ، އައިސް އަލަމާރި އަށް ލެއްވުމުގެ ކުރިން ފިނިވަން ދެން ބޭރުގަ ބަހައްޓާލާށެވެ. ފިނިވުމުން އަލަމާރިން ނެގުމަށް ފަހު ވިޕް ކުރިމް، ވިޕް ކޮއްލުމަށް ފަހު ޕައި މަތީ ފަތުރާލާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!