ޚަބަރު ސިޔާސީ

ސަރުކާރާ ރައްޔިތުންނަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ: މާރިޔާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސަރުކާރަކަށް ނުވަތަ ރައްޔިތުންނަށް ގެއްލުންވާނެ އެއްވެސް ކަމެއް ކުރައްވައިފައި ނުވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، މާރިޔާ ވިދާޅުވީ، އެކަމަނާ ޤާނޫނާ ޚިލާފު ކަމެއް ނުކުރާ ކަމަށާއި ފެއިލްވި ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

ޝިޔާމް ސުވާލު ކުރެއްވީ، ރާއްޖޭގައި ބޭރު ސިފައިން ތިބުމާ ދެކޮޅުހަދާ ދިވެހިންނަށް އިހާނެތިކޮށް ކަންކުރުމަކީ މިނިސްޓަރުގެ ހައިސިއްޔަތުން ތާއީދުކުރައްވާ ކަމެއްތޯއެވެ.
އަދި ސަލާމަތީ ބާރުތަކަށް ހިދުމަތްކުރައްވާ ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުންނަށް ކުޑައިމީސް ކުރުމަކީ މިނިސްޓަރު މަޢާފަށް އެދެންޖެހޭ ކަމެއްކަމަށް ދެކެންތޯ ވެސް ސުވާލު ކުރެއްވިއެވެ.
ޖަވާބުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނުގެ ދެވަނަ މާއްދާގައި ވަޒީރަކާ ސުވާލު ކުރެވޭނެ ދާއިރާތައް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ރަސްމީގޮތުން ކުރާ ނުވަތަ ހިންގާ ކަމަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ސުވާލު ކުރެވޭނެކަމަށް އެ ޤާނޫނުގައި ބުނާކަމަށެވެ.

ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން މެންބަރު ޝިޔާމްގެ ސުވާލުގައި ބުނާފަދަ ކަމެއް ނުކުރައްވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"އަޅުގަނޑު ޤާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައެއްވެސް ނުވާނެ. ސަރުކާރަށް ނުވަތަ ރައްޔިތުންނަށް ގެއްލުމެއް ލިބިދާނެފަދަ އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ." މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ޝިޔާމްގެ ސުވާލުގައި މިނިސްޓަރު ފެއިލްވި ކަމަށް ގަބޫލުކުރަންތޯ ސުވާލު ކޮށްފައިވުމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ފެއިލްވި ކަމަކަށް ގަބޫލެއް ނުކުރާ ކަމަށެވެ. ނަމަވެސް އެއްވެސް ވަޒީރެއް ކުރާކަމެއް ނުވަތަ ނުކޮށް ދޫކޮށްލާކަމެއްގެ ސަބަބުން މެމްބަރަކަށް މިނިސްޓަރު ފެއިލް ވެފައިވާ ކަމަށް ޤަބޫލުކުރެވޭނަމަ އެ ވަޒީރަކާ ދޭތެރޭ ފިޔަވަޅުއެޅުމުގެ ފުރިހަމަ އިހްތިޔާރު ޤާނޫނާއި ޤާނޫނުއަސާސީން ލިބިގެންވާ ކަމަށެވެ.

Ads by Allied Insurance
  1. އަޅުގަނޑު

    އެހެންވީމާ ގެއްލުންވާނެ ކަމެއް ނުކުރާކަމަށް ބުނި ބުނުމުން ދޭހަވީ މާރިޔާ ނުކުރާކަން އެކަމު އިންޑިޔާ ސިފައިން ލައްވާ ކުރުވާކަމަށްތޯ؟؟

  2. ޢަޒްރާ

    ކަމަނާ ފައިންޕުޅު އެރުއްވީ ކޯއްޗަކައްތަ؟ފައިވާނައްތަ؟ ނޫނީ ﷲގެ އިސްމުފުޅަޢްތަ؟