Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ޙަޤީޤަތް ފޮރުވަން އިސްރާއީލްގެ ހަމަލާތައް މިހާރު އަމާޒު ކުރަނީ މީޑިއާތައް ހިންގާ އިމާރާތްތަކަށް!

ޙަޤީޤަތް ފޮރުވަން އިސްރާއީލްގެ ހަމަލާތައް މިހާރު އަމާޒު ކުރަނީ މީޑިއާތައް ހިންގާ އިމާރާތްތަކަށް!

އިސްރާއީލުން މިހާރު ފަލަސްތީނުގެ ޣައްޒާއަށް ދޭ ހަމަލާތަކުގައި ، 12 އަށްވުރެ މީޑިއާ އޮފީސްތައް ހިމެނޭ އަލްޖައުހަރާއާއި އަލްޝުރޫކު އިމާރާތަށް ހަމަލާދީ ބިމާ ހަމަކޮށްލައިފިއެވެ.

ބޭރުގެ މީޑިއާތައް ބުނެފައިވާ ގޮތުގައި މި ހަމަލާތައް ދިނުމުގެ ކުރީން އިސްރާއީލުން ވަނީ އިމާރާތްތައް ހުސްކުރުމަށް އަންގައިފައެވެ. ދެ އިމާރާތް ބިމާ ހަމަކޮށްލިއިރު އެއްވެސް ނޫސްވެރިއަކު ޝަހީދުވި ކަމެއް ކަށަވަރެއް ނުވެއެވެ. ނަމަވެސް ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލްޖައުހަރާ އިމާރާތަށް ދިން ހަމަލައިގައި އާންމުންގެ ބައެއް މީހުން ވަނީ ޝަހީދުވެފައެވެ.

މި ހަމަލާތަކަކީ ފަލަސްތީނުގެ އަޑު ކަނޑުވައިލުމަށް ދޭ ހަމަލާތަކެއް ކަމުގައި ފަލަސްތީނުގެ މީޑިއާތަކުން ބުނެފައިވެއެވެ. އޭގެ ބޭނުމަކީ މީޑިއާތައް ނައްތާލައި އިސްރާއީލުންގެ އަނިޔާވެރިކަން ފޮރުވުންކަމުގައި އެ ފަރާތްތަކުން ބުނެއެވެ.

Advertisement
Allied — Dhen Online (box)

މި ހަމަލާތަކާ ގުޅިގެން ނިއުޔޯކްގައި ހުންނަ ކޮމިޓީ ޓު ޕްރޮޓެކްޓް ޖަރނަލިސްޓްސް (ސީޕީޖީ) އިން ބުނެފައި ވަނީ މީޑިއާ އޮފީސްތަކަށް ދޭ ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށާއި އެއްވެސް ބިރުވެރިކަމެއް ނެތި ރައްކާތެރިކަމާއެކު މަސައްކަތް ކުރެވޭނެކަމުގެ ޔަގީންކަން ނޫސްވެރީންނަށް ދޭން ޖެހޭ ކަމަށެވެ.

"މީޑިއާ އޮފީސްތަކަށް ބޮން އަޅައި ނޫސްވެރީންގެ މަސައްކަތް ބިރުވެރިކަމެއްގެ ތެރެއަށް ދުއްވައިލުމަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭ ކަމެއް ނޫން ، ޚާއްޞަކޮށް ފަލަސްތީނުގައި މީޑިއާ އޮފީސްތައް ހުންނަ ތަންތަން އިސްރާއީލަށް އެނގޭއިރު" ސީޕީޖީގެ އޮފިޝަލް މިގުއެލް ޑެލްގާޑޯ ބުނެފައި ވެއެވެ.

ވޭތުވެދިޔަ ރަމަޟާން މަހު އިސްރާއީލުން ދޭން ފެށި ހަމަލާތަކުގައި މިހައިތަނަށް ފަލަސްތީނުގެ ކުށެއް ނެތް 126 މީހުން ޝަހީދުކޮށްލައިފައި ވެއެވެ. އޭގެ ތެރޭގައި 17 ކުޑަކުދީން ހިމެނޭ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް