ޚަބަރު

އަނިޔާވެރި މަރުގެ މައްސަލަތައް އިތުރުވާއިރު، ޤިޞާޞް ނުހިފާތީ ޒައިދުގެ ކަންބޮޑުވުން

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޒައިދު މިކަން ފާހަގަކުރައްވައިފައި ވަނީ، ނ.މަނަދޫ އަންނާރުމާގޭގައި އެކަނި ދިރިއުޅެމުން އައި ނަޢީމާ މޫސާ (62 އ) މަރާލައިފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ޒައިދު ވިދާޅުވީ މަނަދޫގައި ރަޙުމް ކުޑަކޮށް މުސްކުޅި އަންހެނަކު މަރައިލި ވާހަކަ އަޑުއެއްސެވީ ކުއްލި ހައިރާންކަމާ ސިހުމާއެކު ކަމަށެވެ.

Ads by MWSC

އެއްވެސް ނަފްސެއް ނުޙައްޤުން މަރައިލުމަކީ އެންމެހައި މީސްތަކުން މަރައިލުން ފަދަ ކަމެއް ކަމަށް ޒައިދު ވިދާޅުވިއެވެ. އަދ ޤިޞާޞްގެ ޙުކުމް ތަންފީޒު ކުރެވިގެން ނޫނީ މިފަދަ ޖަރީމާތަކަށް ހައްލެއް ނާންނާނެކަން ކަށަވަރު ކަމަށް ޒައިދު ވިދާޅުވިއެވެ.

ނައީމާގެ މަރުގެ މައްސަލަ، ފުލުހުން ތަހުޤީޤު ކުރަމުން އަންނަނީ "ހޯމިސައިޑް އިންވެސްޓިގޭޝަން"އެއް ގޮތުގައެވެ. އިއްޔެ ނައީމާގެ ހަށިގަނޑު ވަޅުލައިފައިވާއިރު، އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހެދީ، ތަހުޤީޤަށް ބޭނުންވާ ސާމްޕަލް ނަގައިފައިވުމުން ކަމަށް ފުލުހުން ވިދާޅުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!